ބާޒާރު މަތީ ފިހާރައެއް | ފޮޓޯ: ފެށުން

ފިހާރަތައް ހުޅުވާފައި ބެހެއްޓޭ ގަޑިތަކަށް ބަދަލު ގެނެސްފި

ޢާންމު ޞިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނު ގެ ދަށުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާ މުއްދަތުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން މިއަދު އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޙާއްޞަ ފިޔަވަޅުތަކަށް ބަދަލު ގެނުމާއި ގުޅިގެން 08 ނޮވެމްބަރު 2020 ވަނަ ދުވަހުން ފެށިގެން ފިހާރަތަށް ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހުގެ 5:00 އިން ރޭގަނޑު 11:00 އަށް ކަމަށެވެ.

ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ފިހާރަ ފަދަ ތަންތަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރައްވަން ވާނެ ކަމަށްވެސް މިއަދު އާންމުކުރި އިއުލާނެއްގައި ބުނެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ