ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކެންސާ ސޮސައިޓީ އަށް 150،000 ރުފިޔާ ހަދިޔާ ކޮށްފިއެވެ.
އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރިކުރުމަށް ކެންސާ ސޮސައިޓީ އިން ކުރިއަށްގެންދާ ހަރަކާތްކަމުގައިވާ "ޕިންކް ރިބަން ރަން- ވޯކް" އަށް ބީއެމްއެލްއިން ދިން އެހީއެކެވެ.
ބޭންކުގެ ސީއީއޯ އަދިި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ، އި މި ފައިސާ ކެންސާ ސޮސައިޓީއާ ހަވާލުކޮށްދެއްވީ މިއަދު ބީއެމްއެލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
Following the handover of this donation, our CEO and MD Tim met with the @CancerSocietyMV team along with cancer survivors and patients where they shared their inspirational stories of strength, hope and courage, in fighting against cancer. #ICanYouCanWeCan ???? pic.twitter.com/VAK8nFDj13
— Bank of Maldives (@bankofmaldives) November 8, 2020
މީގެ އިތުރުން މި ރަސްމިއްޔާތައް ފަހު، ބޭންކުގެ ސީއޯއާއި، ޓީމުން ވަނީ ކެންސާއިން ސަލާމާތްވެފައިވާ މީހުންނާއި އަދި ފަރުވާ ހޯދަމުންދާ މީހުންނާއި ބައްދަލުކޮށްފައެވެ.
								
											

