ފޮޓޯ: މީޑިއަމް.ކޮމް

ޓޫރިސްޓް ފެސިލިޓީތަކުން ގައިޑްލައިންތަކަށް ޢަމަލުކުރަމުންދޭތޯ ބެލުމަށް 'މިސްޓްރީ ގެސްޓުން' ފޮނުވަނީ

ކޮވިޑް 19 އާގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް. ޕީ. އޭ.) އާއި ޓޫރިޒަމް މިނިސްޓްރީއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް ޓޫރިސްޓް ފެސިލިޓީތަކުން ޢަމަލުކުރަމުންދޭތޯ ބެލުމަށް 'މިސްޓްރީ ގެސްޓުން' ތަޢާރަފުކުރުމަށް ނިންމައިފިއެވެ.

އެގޮތުން "މިސްޓްރީ ގެސްޓުން" ޓޫރިސްޓް ފެސިލިޓީތަކަށް ގޮސް ކުރާ ތަޖުރިބާއަށް ބިނާކޮށް އެޓޫރިސްޓް ފެސިލިޓީއެއްގައި ޤާއިމްކޮށްފައިވާ ސްޑޭންޑަޑް ޕްރޮސީޖަރއާއި ގައިޑްލައިންއަށް ޢަމަލުކުރަމުންދާ މިންވަރާއި ފެންވަރު ޓޫރިޒަމް މިނިސްޓްރީއަށް ރިޕޯޓްކުރާނެއެވެ. މިދެންނެވި ގެސްޓުން ޓޫރިސްޓް ފެސިލިޓީތަކަށް ބުކިންގ ހަދާނީ ޓޫރިޒަމް މިނިސްޓްރީ މެދުވެރިނުވެ ޓޫރިސްޓުން އަމިއްލައަށެވެ.

"މިސްޓްރީ ގެސްޓުން" ގެ ޕްރޮގްރާމުގެ އިތުރުން، ޓޫރިސްޓް ފެސިލިޓީތަކުން ސްޓޭންޑަޑް ޕްރޮސީޖަރއާއި ގައިޑްލައިންއަށް ޢަމަލުކުރަމުންދާ މިންވަރު ދެނެގަތުމަށް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ޓޫރިސްޓް ފެސިލިޓީތައް  އިންސްޕެކްޓް ކުރަމުންވެސް ގެންދާނެއެވެ.

މިއީ، ރައްޔިތުންނާއި، ޓޫރިސްޓް ފެސިލިޓީތަކުގެ މުވައްޒަފުން އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބާރުއެޅުމުގެ ގޮތުންނާއި، އެޗް.ޕީ.އޭ އާއި ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް، ޓޫރިސްޓުންނަށް ޚިދުމަތްދޭ ތަންތަނުން ޢަމަލުކުރަމުންދާ މިންވަރު ދެނެގަތުމުގެ ގޮތުން ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

ޚަބަރު: މިނިސްޓްރީ އޮފް ޓޫރިޒަމް

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ