ކޮވިޑް-19 ބައްޔަށް ފަރުވާ ހޯދަމުންދިޔަ ސައިބް އެރެޣާތު ނިޔާވެއްޖެ

މިދިޔަމަހުގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވުވި ފަލަސްތީން އިސްރާއިލް ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ ފަލަސްތީނުގެ އެންމެ އިސް ލީޑަރުކަމަށްވާ ސައިބް އެރެޣާތު ނިޔާވެއްޖެއެވެ.

އުމުރުފުޅުން 65 އަހަރުފުޅުގައި އެރެޣާތު ނިޔާވެފައިވަނީ އެމަނިކުފާނު ކޮވިޑް-19 އަށް ޕޮޒިޓިވުވި ހާލު ސީރިއަސްވުމުން މިދިޔަމަހުގެ މެދުތެރޭގައި އިސްރާއިލްގެ ހޮސްޕިޓަލަކަށް ބަދަލުކޮށް ފަރުވާ ދެމުން ދަނިކޮށެވެ.

ފަލަސްތީނުގެ ލިބެރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)ގެ ސެކްރެޓަރީގެ މަގާމުވެސް ފުރުއްވައިފައިވާ އެރެޣާތުވަނީ ފަލަސްތީން އިސްރާއިލް ސުލްހައިގެ މަޝްވަރާތަކުގެ ހުރިހާ ބުރެއްގައިހެން 1991 ވަނަ އަހަރުން ފެށިގެން ބައިވެރިވެވަޑައިގެންފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ހައްގުތަށް އަނބުރައި ދިނުމަށާއި ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ދެކޮޅު ހެދުމާ ގުޅިގެން ސުލްހައިގެ ވާހަކަތަށް ރޫޅިގެން ދިޔައީ މީގެ ގާތްގަނޑަކަށް ހަތް އަހަރު ކުރިންނެވެ.

އެރެޣާތު ފާހަގަ ކޮށްލެވެނީ "ޓޫ ސްޓޭޓް ސޮލިއުޝަން" އަށް މިފަހުން ވަރަށް ބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އަދި މިފަދަ އެއްބަސް ވުމަކަށް އިސްރާއިލް އާއި ފަލަސްތީނަށް މިހާތަނަށް އާދެވިފައި ނުވަނީ އިސްރާއިލްގެ ލީޑާޝިޕުގެ އަމަލުތައް ހުއްނަ ގޮތުން ކަމަށް ވިދާޅުވެ އިސްރާއިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވެއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ