މޫސުން ގޯސްވެ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ނެރެފައިވާ ވައިޓް އެލާޓްގެ ވަގުތު އިތުރުކޮށްފިއެވެ.
މެޓް އޮފީހުން ނެރެފައިވާ މި އެލާޓްގައި ވިދާޅުވެފައި ވަނީ، މިރޭ 20:00 އިން 01:00/12 އަށް މ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މީގެ ކުރިން މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ، މެންދުރު ފަހު 2:30 އިން މިރޭ 8:00 އަށް ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ސަރަހައްދަށެވެ.
Alert white extended over the area. pic.twitter.com/2kBkvyqzaT
— Maldives Meteorology (@MetMaldives) November 11, 2020
މުޅި ރާއްޖޭގެ މޫސުން ލަފާކޮށް މެޓުން ބުނެފައިވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި، އަދި މެދުރާއްޖެތެރެއަށާއި ދެކުނުގެ އަތޮޅު ތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.
"ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން، އުތުރުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަވުން އެކަށީގެންވޭ" މިއަދު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވައިޖެހޭނެކަމަށް ލަފާކޮށް މެޓުން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މެދުރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަކުގައި މޫސުމަށް ސަމާލުވުމަށްވެސް މެޓް އޮފީހުން ވަނީ ދަންނަވާފައެވެ.



