"އެކުއަމޭން 2"އިން އެމްބަރ ބޭރުކުރުމުގެ ޕެޓިޝަންގައި މިލިއަނަކަށްވުރެ ގިނަ މީހުން ސޮއިކޮށްފި!

2018 އަހަރު ރިލީޒްކުރި "ވާނާ ބްރަދާސް"ގެ ބްލޮކްބަސްޓާ ފިލްމް، "އެކުއަމޭން" ގެ އަންހެން ލީޑު ކެރެކްޓާ "މޭރާ" ގެ ރޯލުން ފެނިގެންދިޔަ އެކްޓްރެސް "އެމްބަރ ހެޑް"، އެ ފިލްމްގެ ސީކުއަލް އިން ބޭރުކުރުމަށް ގިނަ ބަޔަކު ކގޮވާާ ހެދި ޕެޓިޝަންގައި ސޮއިކުރި މީހުންގެ އަދަދު މިލިއަނަކަށްވުރެ މައްޗަށް އަރައިފިއެވެ.

ދުނިޔޭގެ އޮންލައިން ޕްލެޓްފޯމެއްކަމުގައިވާ "ޗޭންޖް.އޯރގް" ގައި ހުޅުވާފައިވާ މި ޕެޓިޝަންއިން ދައްކާގޮތުގައި، އެމްބަރ "އެކުއަމޭން 2" އިން ބޭރުކުރުމަށް 1،321،500 މީހުން މި ޕެޓިޝަންގައި މިހާތަނަށް ވަނީ ސޮއިކޮށްފައެވެ. އެއާއެކު، މިއީ މި ޕްލެޓްފޯމުގައި މިހާތަނަށް އެންމެ ގިނަ ބަޔަކު ސޮއި ކުރި ޕެޓިޝަން މިވަނީ ވެފައެވެ.

އެމަަބަރ ހެޑް މި ފިލްމުން ވަކިކުރުމަށް ގިނަ ބަޔަކު ގޮވާލާފައިމިވަނީ، ވާނާ ބްރަދާސްގެ ކާމިޔާބު ސިލްސިލާ ފިލްމް "ފެންޓާސްޓިކް ބީސްޓް"އިން މަޝްހޫރު އެކްޓަރު ޖޯނީ ޑެޕް ވަކިކުރުމާއި ގުޅިގެންނެވެ.

ވާނާ ބްރަދާސްއިން ޖޯނީ ޑެޕް މި ފިލްމުން ބޭރުކޮށްފައި މިވަނީ، ޖޯނީ އަކީ، 2016 ވަނަ އަހަރު ޖޯނީ ކައިރިން ވަރިވި، އޭނަގެ އޭރުގެ އަންހެނުން އެމްބަރ ހެޑްއަށް އަނިޔާކުރިކަމަށް ބުނެ، ބްރިޓިޝްގެ ނޫސް، "ދަ ސަން" އިން ލިޔެފައިވާ އާޓިކަލްއާއި ދެކޮޅަށް ކުރި ދައުވާ ނާކާމިޔާބުވުމާއި ގުޅިގެންނެވެ.

ސަން އިން ދައްކާފައިވަނީ ދޮގު ވާހަކަތަކެއް ކަމަށާއި އަދި އަބުރަށް އަރައިގެންކަމަށް ބުނެ ކޮށްފައިވާ މި ދައުވާ ކޯޓުގައި ސާބިތުނުވުމުން، ވާނާ ބްރޯސް އިން "ފެންޓާސްޓިކް ބީސްޓް" އިން ޖޯނީ އަމިއްލައަށް ވަކިވުމަށް އެދިފައިވާތީވެ، އޭނާ ވަނީ "ފެންޓާސްޓިކް ބީސްޓްސް" ގައި އޭނާ ކުޅޭ ރޯލުން ދެން ނުފެންނާނެކަމަށް ބުނެ ދާދިފަހަކުން ބަޔާނެއް ނެރެފައެވެ.

ޖޯނީ "ފެންޓާސްޓިކް ބީސްޓް 3" އިންވެސް ބޭރުކޮށްފައިވާއިރު، އޭނާ ކުޅެމުން އައި ކާމިޔާބު ފްރެންޗައިސް ފިލްމް "ޕައިރޭޓްސް އޮފް ދި ކެރެބިއަން"ވެސް އޭނާ ވަނި މިދިޔަ އަހަރު ބޭރުކޮށްފައެވެ.

މިކަމާއި ގުޅިގެން ޖޯނީގެ ފޭނުން އަންނަނީ، އޭނަގެ ކުރީގެ އަންހެނުން އެމްބަރ ހެޑް އަށް ފާޑުކިޔާ އަމާޒުކުރަމުންނެވެ. އަދި ވާނާ ބްރޯސް އިން، ޖޯނީ "ފެންޓާސްޓިކް ބީސްޓް" އިން ވަކިކުރިގޮތަށް، ޑީސީގެ އެންމެ މަޝްހޫރު ސުޕަހީރޯ ފިލްމް "އެކުއަމޭން" ގައި އެމްބަރ އަދާކުރާ މޭރާގެ ރޯލުން އޭނާ ވަކިކުރެވެންޖެހޭނެކަމަށް ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ބުނަމުންނެވެ.

މި ދެމީހުންގެ ތެރޭގައި ޖެހެނު ގެވެށި އަނިޔާގެ މައްސަލައިގެ ތެރެއިން، ދެމީހުންނަށްވެސް އެއްވަރަކަށް ތުހުމަތު ކުރެވޭއިރު، ހަމައެކަނި ޖޯނީ ފިލްމަތަކުން ވަކިކުރުމަކީ އެއްވެސް އިންސާފެއް ނޫންކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އެގޮތުން އެމްބަރ ހެޑް ބޮއި ކޮޓް ކުރުމަށް މީސްމީޑިއާގައި ކެމްޕެއިނެއްވެސް މިހާރު ވަނީ ފަށައިފައެވެ.

.

 

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ