އިބްރާޙިމް ރަޝޯދު (ބޮންޑޭ) މަޖިލީހުގައި ވާހަކަފުޅު ދައްކަވަނީ | ފޮޓޯ: މަޖިލިސް

ކަޅުބާޒާރުގައި ޑޮލަރު ވިއްކާ ވަޒީރުން ހައްޔަރު ކުރަންޖެހޭ: ބޮންޑޭ

ކަޅުބާޒާރުގައި ޑޮލަރު ވިއްކާ އެންމެ ގިނަ މީހުންގެ ތެރޭގައި ވަޒީރުން ހިމެނޭކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާޙިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ބޮޑޭ ވިދާޅުވީ މުދަލުގެ އަގު މައްޗަށް ދަނީ ބޭރުފައިސާ ގަންނަން ނުލިބޭތީކަމަށާއި، އެހެން ކަމުން ފައިސާގެ އަގު ހިފަހައްޓަންޖެހޭ ކަމަށެވެ.

"19 ރުފިޔާއަށް ކަޅު ބާޒާރުން ޑޮލަރު ގަނެގެން ގެނައީމަ މުދާ އަގުބޮޑުވޭ، ގެންނަ މުދާ ކޮޅު މަދުވޭ ގަންނަ މީހުންވެސް މަދުވޭ" ބޮންޑޭ ވިދާޅުވިއެވެ.

މިހާރު މިއޮތް މަނިޓަރީ ޤަވާއިދަކީ 1987 ގައި ހަދާފައި އޮތް ޤަވާއިދެެއްކަމަށާއި، މި ޤަވާއިދުގައި ބުނެފައިވާ ގޮތުން ޑޮލަރު ގަނެ ވިއްކާއަގު ކަމަށް އެމްއެމްއޭއިން ކަނޑައަޅާ އަގު ފިޔަވާ އެހެން އަގެއްގައި އެއްވެސް ފަރާތަކުން އެމެރިކާ ޑޮލަރު ގަނެވިއްކުމަކީ މަނާކަމެއް ކަމަށެވެ.

ސަރުކާރު ހިންގަން ތިބެގެން ކަޅު ބާޒާރުގައި ޑޮލަރެއް ނުވިއްކޭނެކަމަށާއި އަދި ކަޅުބާރުގައި ޑޮލަރު ވިއްކާ އެންމެ ގިނަ މީހުންގެ ތޭރޭގައި ވަޒީރުން ހިމެނޭކަމަށް ބޮންޑޭ ވަނީ ތުހުމަތު ކުރައްވާފައެވެ.

"ބައެއް ވަޒީރުން އެބަބުނޭ މަޖިލީހަކަށް ނޭންގޭނެއޭ ސަރުކާރު ހިންގާކަށް، މަޖިލީހުން މި ބުނަނީ، ރައްޔިތުން މި ބުނަނީ މިކަން ހުއްޓާށޭ" ބޮންޑޭ ވިދާޅުވިއެވެ.

މީގެ އިތުރުން ބޮންޑޭ ވިދާޅުވީ ސަރުކާރު ކުންފުނިތަކުން ކަޅު ބާޒާރުގައި ޑޮލަރު ގަންނަކަމަށާއި ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ވަޒީރުންނާއި ކުންފުނިތަކުގެ އެމްޑީން ހިފާ ހައްޔަރު ކުރަންޖެހޭކަމަށެވެ.

ބޮންޑޭ ވިދާޅުވީ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ފަރާތްތައް ހުއްޓުވައިގެން ނޫނީ ރާއްޖޭގެ އިޤްތިޞާދު ކޮޅަކަށް ނުޖެހޭނެކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މުރާދުބޭ

    ޙަޤީޤަތުގައިވެސް ބޮންޑޭ ތިބުނީ ކޮންމެ ޕާޓީއެއްގެ ކުލައިގަ ހުއްޓަސް ވަރަށް ބޮޑު ތެދެއް! ކަޅުބާޒާރުގައި އެންމެ ގިނައިން ޑޮލަރ ވިއްކަނީ ސަރުކާރުގެ އިސްމަޤާމުތަކުން ބޮޑު މުސަާރަލިބިގެން ތިބި ވަޒީރުންނާއި އެބޭކަލުންގެ ފަހަތުން އަދިވެސް ސަރުކާރުގެ އެކި މަޤާމުތަކުގެ މަތީހަރުފަތުގައި ތިއްބެވިމީހުން. މިކަންތަކުގައި ވޭބޮޑު ޙަޤީޤަތެއް. އަދި މަނީ ލޯންޑަކުރާ ވާހަކައެއްނޫން. އެހެންނަމަވެސް މިކަންތައް ދަނެގަނެވޭކަށެއްނެތް. އޮތޮރައިސްޑް މަނީޗޭންޖަރ ތަކުގައިވެސް ހުންނަނީ މިބޭކަލުން ބޭރުމީހުންނާއި މަސްހުނިވެ މިބޭކަލުންގެ ބާރުދޫވެފައިވާ ވިޔަފާރިއެއް. ކުޑަޕަސެންޓެއް ލިބިގެން ތިބެނީ. ބޮންޑޭ ސާބަސް. އަދި ބެންކުަގައި ވެސް ލިންކެއް އޮވޭ! ވަގު މައްޗަށް ވަގު އަރައަރާ ވަގުހިފަން ނިކުތްމީހުންވެސް ވަގުވެއްޖެ!

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ