ރައީސް ސޯލިހު ކޮންމެރެޔަކު ނިދިކުރައްވަނީ ހިތާމައިގައި: ރައީސް ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކޮންމެރެޔަކު ނިދިކުރައްވަނީ ހިތާމައިގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް ސޯލިހްގެ ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން އެމްޑީޕީގެ ހަރުގޭގައި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ނަޝީދު ވިދާޅުވީ ސަރުކާރުގެ ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މި އަހަރު ދިމާވީ "ބަދުނަސީމު" ކަމެއް ކަމަށެވެ.

ލައިވް ޓީވީގައި ރައީސް ސޯލިހް ކީރިތި ކުރެއްވުމުން ބައެއް މީހުން ހަޖޫ ޖެހި ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ތަރައްގީ ވެފައިވާ ގައުމުތަކުގައި ވެސް ސިއްހީ ފަރުވާ ނުދެވިގެން ބޮއްސުން ލައިގެން ގޮސް އެތައް މި ތަނުގައި މީހުން މަރުވާއިރު ކީރިތި ނުކުރައްވާ ވެރިއަކު ހުރެގެން ނުވާނެ ކަމަށެވެ.

"މިއަށް ވުރެ ހިތާމަވެރި ދުވަސްތަކެއް ރާއްޖޭގެ އެއްވެސް ވެރިއަކަށް ކުރިމަތިވެފައެއް ނެތް. އަޅުގަނޑުގެ ޒަމާންވީ ގާތް އެކުވެރިޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކޮންމެ ރެއަކު ނިދި ކުރައްވާނީ ހިތާމައިގައި." ރައީސް ނަޝީދު ވިދާޅުވިއެވެ.

"ކޮން އިންސާނެއްތޯ އެދުވަހު ލޮލުން ކަރުނަ ނާޅާނީ، މިދުނިޔެއަށް އެދުވަހު ވެފައިއޮތްގޮތް ރާއްޖޭގެ ރައްޔިތުންނަށްވެސް އަދި ދުނިޔޭގެ ހުރިހާ ރައްޔިތުންނަށްވެސް އިނގޭނެ، އެތަން މިތަނުގައި މީހުންތަށް މަރުވަމުންދަނީ. ޔޫރަޕްގެ ތަހުޒީބު ޤައުމުތަކުގައި ފަރުވާ ނުދެވިގެން، ހޮސްޕިޓަލުގެ އެނދެއް ނެތިގެން މަގުތައްމަތީގައި ބަލިމީހުން ބަރިބަރިއަށް ޖަހަމުންދަނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ