ހއ. ހޯރަފުށިން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާހިލް އަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ރައީސުލްޖޫހުރިއްޔާ ހޯރަފުއްޓަށް ވަޑައިގެންފައި މިވަނީ އެރަށުގައި މިއަދު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވާ ހޯރަފުށީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތަށެވެ.
ރައީސުލްޖޫމްހޫރިއްޔާ އެ ރަށަށް ވަޑައިގަތުމާއި ގުޅިގެން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުޚަބާއެއް ދަންނަވާފައެވެ. އެމަނިކުފާނަށް މަރުޚަބާ ދެންނެވުމަށްޓަކައި މުޅި އެ ސަރަހައްދު ވަނީ އެއްކޮށް ޒީނަތްތެރިކޮށް ފައެވެ.

މީގެ އިތުރުން އެ ރަށުގެ ކުޑި ބޮޑު އެންމެހާ ރައްޔިތުން ވަނީ އެމަނިކުފާނަށް މަރުޚަބާ ދެންނެވުމަށްޓަކައި އެސަރަހައްދަށް ވަޑައިގެންފައެވެ. ޤައުމީ ކުލަތަކާއި ދިވެހި ޘަޤާފީ ހަރަކާތްތައް އެ ސަރަހައްދުން ދަނީ ފެންނަމުންނެވެ.
އެގޮތުން ރައީސްއަށް މަރުޚަބާ ދެންނެވުމަށް ބޮޑުބެރުގެ ޚާއްސަ ހަރަކާތަކާއި، ހއ. އަތޮޅު މަދަރުދާ ދަރިވަރުންގެ ނެށުމުގެ ޚާއްސަ ހަރަކާތެއް ވަނީ ގެނެސްދީފައެވެ.




