ހދ. ވައިކަރަދޫ | ފޮޓޯ: ފޭސްބުކް

ވައިކަރަދޫ ގޮނޑުދޮށުގައި މީހަކު ނިޔާވެފައި އޮށްވާ ފެނިއްޖެ

ހދ. ވައިކަރަދޫ ގޮނޑުދޮށުގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ވައިކަރަދޫ ކައުންސިލްގެ ރައީސް އަޙްމަދު ނަސީމު މި ނޫހަށް ވިދާޅުވީ، ނިޔާވެފައި އޮށްވާ ފެނިފައިވަނީ އުމުރުން 65 އަހަރުން މަތީގެ މީހެއް ކަމަށެވެ.

މި މީހާ ނިޔާވެފައި އޮށްވާ ފެނުނީ ހެނދުނު ގޮނޑުދޮށަށް ދިޔަ އަންހެނަކަށް ކަމަށާއި އެއީ ގާތްގަނޑަކަށް 9 ޖަހާކަށްހާއިރު ކަމަށް އަޙްމަދު ނަސީމު ވިދާޅުވިއެވެ.

އަޙްމަދު ނަސީމު އިތުރަށް ވިދާޅުވީ، މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުން އެ ރަށަށް އެބަ ވަޑައިގަންނަވާ ކަމަށާއި އެހެންކަމުން އިތުރު މައުލޫމާތު ދެވެން ނެތް ކަމަށެވެ.

ހއ. ބާރަށުގައި ފާހާނާ ސާފުކުރާ ފުޅިއެއް ބޮއެގެން ހާލުދެރެވި ޒުވާނަކު ވެސް މިއަދު ވަނީ ނިޔާވެފައެވެ. ނިޔާވެފައިވާނި އެރަށު އުމުރުން 22 އަހަރުގެ ފިރިހެން ކުއްޖެކެވެ. އޭނާ ނިޔާވެފައިވާނި ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ފަތިހުއެވެ.

ސާފުކަމަށް ބެލެވޭ އެއްޗެއް ބޮއެގެން ބާރަށު ސިއްޙީ މަރުކަޒަށް މި މީހާ ގެންގޮސްފައިވަނީ އިއްޔެ ހަވީރުއެވެ.

މިލިޔުން ކިޔާލުމުން
1114
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ