ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބަޔާންކުރަނީ ދައުވާ އުފުލުމުގެ ބަދަލުގައި އެހެން ފިޔަވަޅުތަކަށް އިސްކަންދޭން

މިއަދު އަމަލުކުރަން ފަށައިފައިވާ ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބަޔާންކުރަނީ އެކުދިންނަށް ދައުވާ އުފުލުމުގެ ބަދަލުގައި އެހެން ފިޔަވަޅުތަކަށް އިސްކަން ދިނުމަށްކަމަށް އެޓަރނީ ޖެނަރަލް އަލްއުސްތާޛު އިބްރާހީމް ރިފްޢަތު ވިދާޅުވެއްޖެއެވެ.

އެޓަރނީ ޖެނަރަލް ރިފްޢަތު މިރޭ ވިދާޅުވީ، މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ކުޑަކުދިން ކުށްކުރާ މައްސަލަތަކުގެ ޝަރީޢަތްތައް ކުރިއަށްގެންދަންޖެހޭނީ، ކުޑަކުދިންނަށް ރަޙުމަތްތެރި މާޙައުލެއްގައި، ކުށްކުރާ ކުޑަކުއްޖާއަށް ލިބިދޭންޖެހޭ ކަމަށް ޤާނޫނުގައި ބަޔާންކުރާ އެންމެހާ ޙައްޤުތަކާއި ރައްކާތެރިކަން ލިބިދީގެން ކަމަށެވެ.

މިގޮތުން ކުށްކުރާ ކުޑަކުދިންނާމެދު ދައުލަތުގެ އިދާރާތަކުން ފިޔަވަޅު އެޅުމުގައި، އެކުދިންގެ މަޞްލަޙަތު ރައްކާތެރިކުރުމަށް އިސްކަންދިނުމާއި، ދަޢުވާ އުފުލުމުގެ ބަދަލުގައި އެހެން ފިޔަވަޅުތަކަށް އިސްކަންދިނުމާއި، ކުއްޖާ ކުރިކަމަށް ބުނާ ކުށުގެ ނުރައްކާތެރިކަމާއި، ކުއްޖާއަށް ލިބިދޭންޖެހޭ ތަޢުލީމީ، އިޖުތިމާޢީ އަދި އެހެނިހެން ވަޞީލަތްތަކަށް ރިޢާޔަތްކުރަންވާނެކަމަށް ޤާނޫނުގައި ބަޔާންކުރާ ކަމަށެވެ.

2019 ވަނަ އަހަރު ފާސްކުރެވުނު ކުޑަކުދިންގެ އަދުލުގެ ގާނޫނަށް މިއަދު އަމަލުކުރަން ފަށައިފައިވާއިރު މި ޤާނޫނުން ތަޢާޜަފުކުރާ ޑައިވަރޝަން މެކޭނިޒަމްއަކީ، ކުޑަކުދިން ކުށްކުރުމުން ރައްކާތެރިކޮށްދީ، ރިހެބިލިޓޭޓްކޮށް މުޖުތަމަޢުއަށް އަނބުރާ އައުމަށް މަގުފަހިކޮށްދޭނެ ފިޔަވަޅުތަކެއް ކަމަށްވެސް އެޓަރނީ ޖެނަރަލް ރިފްޢަތު ވިދާޅުވިއެވެ.

މި ޤާނޫނުން ކުޑަކުދިން ޖިނާއީ މަސްޢޫލިއްޔަތު އުފުލަންޖެހޭ އުމުރަކީ 15 އަހަރު ކަމުގައި ވަނީ ކަނޑައަޅާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ