ވުޑް ވިލެ ޕިއްޒާ ބާރ

އެންމެ މީހެއްގެ ސަބަބުން ދެކުނު އޮސްޓްރޭލިއާ ލޮކްޑައުންއަށް!

ދެކުނު އޮސްޓްރޭލިއާގައި ހުންނަ ޕިއްޒާ ވިއްކާ ރެސްޓޯރެންޓެއްގައި މަސައްކަތްކުރާ، ކޮވިޑް-19 އަށް ޕޮޒިޓިވެވެފައިވާ މުވައްޒަފަކު ދޮގުހަދާ އޮޅުވާލުމުގެ ސަބަބުން އެ ސްޓޭޓް އެއްކޮށް ލޮކްޑައުންއަކަށް ދާންޖެހިއްޖެއެވެ.

ގާތްގަނޑަކަށް 1.7 މިލިއަން ރައްޔިތުން އުޅޭ މި ސްޓޭޓް މިދިޔަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން 6 ދުވަހުގެ ލޮކްޑައުންއަކަށް ދާންޖެހިފައިވަނީ، ކޮންޓެކްޓް ޓްރޭސިން ޓީމަށް ދޮގު ހެދުމުގެ ސަބަބުންކަމަށް ދެކުނު އޮސްޓްރޭލިއާގެ ޕޮލިސް ކޮމިޝަނަރ ހާމަކޮށްފައިވެއެވެ.

އެގޮތުން 'ވުޑްވިލޭ ޕިއްޒާ ބާރ' ނަމަކަށް ކިޔާ މި ޕިއްޒާ ޝޮޕަށް ކޮވިޑް ޖެހިފައިވާ އެމީހާ ދިޔައީ އޯޑަރު ކުރި ޕިއްޒާއެއް ނެގުމަށްކަމަށް ފުރަތަމަ އެނާ ބުނެފައިވެއެވެ. ނަމަވެސް އިތުރަށް ހޯދި މައުލޫމާތުތަކުން، އެނާއަކީ އެ ތަނުގައި ކޮންމެ ދުވަހަކުވެސް ޝިފްޓް ޑިއުޓީއަށް މަސައްކަތް ކުރާ މީހެއްކަން ފަޅާއަރާފައިވާކަމަށް ޕޮލިސް ކޮމިޝަނަރ ހާމަކޮށްފައިވެއެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު ދެކުނު އޮސްޓްރޭލިއާ ލޮކްޑައުންކޮށްފައިވަނީ، އޭޕްރީލް މަހަށްފަހު، ރިކޯޑު އަދަދަކަށް އެސްޓޭޓުން މީހުން ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

އިދާރާތަކުން ނިއްމާފައިވާގޮތުގައި، އެ ސަރަހައްދުގައި ބޮޑަށް ބަލިފެތުރުމަށް މެދުވެރިވެފައިވަނީ، އެ ޕިއްޒާ ޝޮޕާއި ގުޅުންހުރި ކްލަސްޓާގެ ސަބަބުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ