ފޮޓޯ: ބީއެމްއެލް

ބީއެމްއެލް އިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވީލް ޗެއަރ ހަދިޔާކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރު މޮޓޮރައިޒްޑް ވީލް ޗެއާތަކެއް ހަދިޔާކޮށްފިއެވެ.

ބީއެމްއެލް އިން ވިދާޅުވީ، ހިނގާ ބިނގާވެ އުޅުމަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން އިތުރު 65 މީހަކަށް މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކޮށްފައިވާކަމަށެވެ.

ހިނގާ ބިނގާވެ ނޫޅެވޭ މީހުންނަށް އެހީވުމުގެ ގޮތުން، ބީއެމްއެލް އިން ފަށައިފައިވާ މި ޕްރޮގްރާމަކީ، 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބީއެމްއެލްއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 100 ފަރާތަކަށް ބީއެމްއެލް އިން ވަނީ މޮޓޮރައިޒްޑް ވީލް ޗެއާ ހަދިޔާކޮށްފައެވެ.

މުޖުތަމަޢުއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބީއެމްއެލްއިން އަބަދުވެސް އަންނަނީ ނަމޫނާ ދައްކަމުންނެވެ. އެގޮތުން މި ޕްރޮގްރާމްގެ ދަށުންވެސް ބޭންކުގެ އަމާޒަކީ މި އަހަރު ތެރޭގައި 39 ރަށަކަށް 65 ވީލް ޗެއާ ހަދިޔާކުރުމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ