އެމެރިކާއިން އިއްޔެ އެކަނިވެސް ކޮވިޑް-19 ޖެހިގެން 2،000 ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އެގައުމުގެ ކޮވިޑް-19ގެ ތަފާސްހިސާބުން ދައްކައިފިއެވެ.
ކުރިސްމަހާއި ދިމާކޮށް އެމެރިކާގެ ޗުއްޓީ ދުވަސްތައް ކުރިއަށް އޮތްއިރު މިބަލީގައި އިތުރުމީހުން އެގައުމުން މަރުވެދާނެކަމަށް ދިރާސާކުރާ ފަރާތްތަކުންވަނީ ލަފާކޮށްފައެވެ. މިހާތަނަށް މިބަލީގައި އެމެރިކާއިންވަނީ 260،000 ގާތްކުރާ އަދަދަކަށް މީހުން މަރުވެފައެވެ.
ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސްހިސާބު ދައްކާގޮތުން އެމެރިކާއިން އެއްދުވަހުގެ ތެރޭ 2،000 ވުރެ ގިނަ މީހުން މީގެކުރިން މަރުވެފައިވަނީ މެއިމަހުގެ ތެރޭގައެވެ. މިހެންކަމުން އިތުރަށް މިބަލި އަނެއްކާވެސް އެމެރިކާގައި ފެތުރެން ފަށަައިފައިވާކަމަށް އެ ފަރާތުން ހާމަކުރެއެވެ.
We were already in 1st place for # of ppl infected w/ #coronavirus & # of #COVID19 deaths, but all the #Thanksgiving travel ensures no one will catch us either. The US "each person for himself" mindset is killing hundreds of thousands of us. Devastating to watch. #MedTwitter pic.twitter.com/7JHeO2CG2s
— Tatiana Prowell, MD (@tmprowell) November 24, 2020
އަންނަ ބުރާސްފަތި ދުވަހު އެމެރިކާގައި ފާހަގަކުރާ "ތޭންކްސް ގިވިން" އަށް ގިނަ އަދަދެއްގެ ބަޔަކު އަންނަނީ އެއްތަނުން އަނެއްތަނަށް ދަތުރުކުރަމުންނެވެ. މި ދަތުރުފަތުރު ކުރުމުގައި ގިނަ ފަރާތްތަކުން ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކަށް ސަމާލުކަން ނުދީފިނަމަ ކޮވިޑް-19ގެ ގެއްލުން އިތުރަށް ބޮޑުވެގެންދާނެކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން މިހާރުވެސް އައްނަނީ ދެމުންނެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފެނުނު ކޮވިޑް-19ގެ ބަލިމަޑުކަމުން މިހާތަނަށް އެންމެބޮޑެތި ގެއްލުން ލިބުނު ގައުމަކީ އެމެރިކާއެވެ. އެމެރިކާއިން މިހާތަނަށް މުޅި ޖުމްލަ 13,015,522 މީހުންވަނީ ޕޮޒިޓިވުވެފައެވެ.




