ކޮޅިގަނޑުގެ ބާރު ދަނީ ގަދަވަމުން، ހަވީރު ރާއްޖެއަށް އަސަރު ކުރަން ފަށާނެ: މެޓް

ރާއްޖެ ކައިރީ އުފެދިފައިވާ ކޮޅިގަނޑުގެ އަސަރު މިއަދު ހަވީރުން ފެށިގެން ރާއްޖެއަށް ކުރަން ފަށާނެކަމުގައި މޯލްޑިވްސް މީޓިއޮރޮލޮޖިލަކް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

އެ ސަރވިސް އިން މިއަދު ވިދާޅުވެފައި ވަނީ ރާއްޖޭގެ އިރުދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ދަނީ އިތުރަށް ބާރުގަދަވަމުންކަމަށެވެ.

"ލަފާކުރެވޭ ގޮތުގައި މިއަދު ހަވީރުން ފެށިގެން ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވެގެން ދާނެކަމަށް ބެލެވޭ" މޯލްޑިވްސް މީޓިއޮރޮލޮޖިލަކް ސަރވިސް އިން ވިދާޅުވެފައިވެއެވެ.

މީގެއިތުރުން 'ބުރެވި' ތޫފާން މިހާރު ހުރީ ސްރީލަންކާގެ ޓްރިންކޮމަލީގެ އިރު އިރު ދެކުނު ގާތްގަނޑަކަށް 200 ކިލޯ މީޓަރު ދުރުގައި ކަމަށާއި، މި ތޫފާން އިތުރަށް ބާރުގަދަވެ، އައްސޭރިފަށަށް ކައިރި ވާނެކަމަށް ލަފާކުރެވޭ ކަމުގައިވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

އެ އިދާރާއިން ވިދާޅުވީ މި ނިޒާމްތަކާއި ގުޅިގެން ރާއްޖޭގެ މޫސުމަށް ފޯރާނެކަމަށް ބެލެވޭ އަސަރުތައް އެ އޮފީހުން އަމަލު ކުރަމުންދާ އުސޫލުގެ ތެރެއިން، ނެރޭ ސަމާލު އަދި އިންޒާރުގެ މެސެޖް މެދުވެރިކޮށް އާންމުކުރަމުން ދާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ