މަކުނުދޫއިން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ހދ.މަކުނުދޫގައި ހޯމް ކަރަންޓީނުގައި ތިބި 2 މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މަކުނުދޫ ކައުންސިލުން ނެރުނު ހާއްސަ ދެންނެވުމެއްގައި ބުނީ، އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި ދެ މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާކަމަށެވެ.

ކައުންސިލުން ބުނީ، މި ދަނޑިވަޅަކީ ކޮންމެ ފަރުދަކުވެސް އެ ބޭފުޅެއްގެ ފަރުދީ ޒިންމާ ނަންގަވައިގެން، އެޗް.ޕީ.އޭ އިން އެކުލަވާލައްވާފައިވާ ސަލާމަތީ މިންގަނޑުތަކަށް އިތުރަށް ސަމާލުވާންވީ ވަގުތެއްކަމަށެވެ.

މިގޮތުން ބޭރަށް ނިކުމެ އުޅޭނަމަ މާސްކު އެޅުމާއި، ގައިދުރުކަން ބެހެއްޓުމާއި، ގިނަގިނައިން އަތްދޮވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި ކަރަންޓީން ކުރެވިފައިވާ ގޭގެއަށް ޒިޔާރަތް ނުކުރުމަށް މަކުނުދޫ ކައުންސިލުން އެ ރަށު ރައްޔިތުންނަށް އިލްތިމާސްކޮށްފައިވެއެވެ.

މީގެއިތުރުން ކަރަންޓީން ކުރެވޭ ފަރާތްތަކުންވެސް އެޗް.ޕީ.އޭ އިން ކަނޑައަޅުއްވާފައިވާ އިންތަކަށް ތަބާވެ، ކަރަންޓީން އުޞޫލުތަކާ
ޚިލާފު އެއްވެސް ޢަމަލެއް ނުހިންގުމަށް މަކުނުދޫ ކައުންސިލުން ނަސޭޙަތްތެރިވެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ