1 ކިލޯއަށްވުރެ ގިނަމަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި 5 މީހުން ދޫކޮށްލައިފި

މާލެއިން 1 ކިލޯއަށްވުރެ ގިނަ މަސްތުވާ ތަކެއްޗާއެކު ހައްޔަރުކުރި 5 މީހަކު ދޫކޮށްލައިފިއެވެ.

އެ 5 މީހުން ދޫކޮށްލާފައި ވަނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް 2020 ޑިސެންބަރު 4 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން ކޯޓުންނެވެ.

މި މައްސަލާގައި ވަނީ ޖުމްލަ 7 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް އޭގެތެރެއިން 2 މީހަކު ވަނީ ހެކި ނެތްކަމަށް ބުނެ މީގެ ކުރިން ދޫކޮށްލާފައެވެ. އެމީހުން ހައްޔަރު ކޮށްފައި ވަނީ 2020 ސެޕްޓެންބަރު 14 ވަނަ ދުވަހުއެވެ. މި އެންމެންނަކީވެސް ދިވެހިންނެވެ.

ފުލުހުން ވިދާޅުވީ ކޯޓުން އަނެއް 5 މީހުން ދޫކޮށްލާފައި ވަނީ އެމީހުންގެ ފަރާތުން މުޖުތަމަޢަށް ނުރައްކަލެއް ކުރިމަތިވެދާނެ ސަބަބެއް އޮތް ކަމަށް ނުފެންނަކަމަށް ބުނެކަމަށެވެ.

އެގޮތުން 2020 ނޮވެންބަރު 2020 ނޮވެމްބަރ 11 ވަނަ ދުވަހު މައްސަލަ ކޯޓަށް ހުށައެޅިފައިވާތީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓައި ދިނުމަށް ކޯޓްގައި އެދުމުން 15 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު މައްސަލަ ބައްލަވާ ފަނޑިޔާރުގެ ކުރިފުޅު މައްޗަށް ޙާޟިރުކޮށް ބަންދާއިމެދު ގޮތެއް ނިންމުމަށް އަންގާފައިވާކަމުގައި ފުލުހުން ވިދާޅުވިއެވެ. އަދި 2020 ނޮވެމްބަރ 25 ވަނަ ދުވަހު ކޯޓުން މައްސަލަ ޝެޑިއުލްކޮށް ބަންދުގެ މުއްދަތު އިތުރު 10 ދުވަހަށް އިތުރުކޮށްފައިވާކަމަށާއި މައްސަލަ ބަލާ ފަނޑިޔާރު ނޫންކަމުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ނުވާކަމުގައިވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ 2020 ޑިސެމްބަރ 03 ވަނަ ދުވަހުގެ މި ފަރާތްތަކުގެ މައްސަލަ ބަލާ ސެކްޝަންއާއި ހަވާލުވެ ހުންނެވި ޤާޟީ ބަންދާއި ގުޅޭ އަޑުއެހުމެއް ބާއްވާފައިވާކަމަށެވެ. އެގޮތުން 2020 ޑިސެމްބަރ 03 ވަނަ ދުވަހުގެ 18:00 ހާއިރުން ފެށިގެން ގާތްގަނޑަކަށް 23:00 ވަންދެން 05 ގަޑިއިރެއްހާއިރުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވާކަމަށާއި އަދި 2020 ޑިސެމްބަރ 04 ވަނަ ދުވަހު ބަންދާއި މެދު ގޮތެއް ނިންމުމަށް އަޑުއެހުމެއް ބާއްވާނެކަމަށް އެންގިކަމަށެވެ.

2020 ޑިސެމްބަރ 04 ވަނަ ދުވަހުގެ 18:00 ގެ ފަހުން ފެށުނު އަޑުއެހުމުގައި މައްސަލައިގައި ތުޙުމަތުކުރެވޭ 05 ފަރާތްގެ ސަބަބުން މުޖުތަމައުގެ ސަލާމަތައް ނުރައްކަލެއް ކުރިމަތިވެދާނެ ސަބަބެއް އޮތްކަމަށް ނުފެންނަކަމަށް ބުނެ 05 ފަރާތް ބަންދުން ދޫކުރުމަށް ކޯޓުން ނިންމާފައިވާކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ