އޮކްސިޖަން ހުސްވެ ޕާކިސްތާނުގެ ހޮސްޕިޓަލަކުން ކޮވިޑް ބަލިމީހުންތަކެއް މަރުވެއްޖެ

ޕާކިސްތާނުގެ ޕެޝާވަރުގައި ހުއްނަ ސަރުކާރު ހޮސްޕިޓަލަކުން އޮކްސިޖަން ހޮސްވެ އޮކްސިޖަން ދެވޭނެ ގޮތެއް ނެތިގެން ކޮވިޑް-19ގެ ހަ ބަލިމީހުން މަރުވެއްޖެއެވެ.

މައުލޫމާތު ލިބޭގޮތުގައި މި ހޮސްޕިޓަލުން އޮކްސިޖަން ހުސްވެ ހޮސްޕިޓަލަށް އޮކްސިޖަން ގެނައުމަށް އެތައް ގަޑިއިރެއްވަނީ ނަގައިފައެވެ. މިކަމުގެ ސަބަބުން 200 އަށްވުރެ ގިނަ ބަލިމީހުން އޮކްސިޖަން ލިބެންދެން އިންތިޒާރު ކުރަން ޖެހުނެވެ.

ހޮސްޕިޓަލުގެ އޮފިޝަލުން ބުނީ، އޮކްސިޖަން ލިބުން ލަސްވެފައިވަނީ އޮކްސިޖަން ފޯރުކޮށްދޭ ސަޕްލިއަރުންގެ ސަބަބުން ކަމަށް ކަމަށެވެ. ނަމަވެސް މިހާދިސާއާއި ގުޅިގެން ހޮސްޕިޓަލުގެ ބަޔެއް ސްޓާފުން މިހާރުވަނީ ސަސްޕެންޑް ކޮށްފައެވެ.

ޕާކިސްތާނުގެ ލޯކަލް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިހާދިސާ ހިނގަން މެދުވެރިވީ، ހައިބަރ ޓީޗިން ހޮސްޕިޓަލަށް ކޮންމެ ދުވަހަކު ގެއްނަ އޮކްސިޖަން ސިލިންޑަރުތައް ހޮނިހިރުދުވަހު އައިސްފައި ނުވާތީއެވެ. ހޮސްޕިޓަލުގެ ބެކަޕުގައި 300 އޮކްސިޖަން ސިލިންޑަރު ހުރިނަމަވެސް ވެންޓިލޭޓަރުތަކަށް ބޭނުންވާ މިންވަރަށް އޮކްސިޖަން މީގެން ފޯރުކޮށް ދެވިފައިނުވާކަމަށްވެސް މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ.

ކޮވިޑް-19ގެ އިތުރު ރާޅެއް ޕާކިސްތާނަށް މިހާރު އަނެއްކާ އަރައިފައިވާއިރު މިހާތަނަށް މިބައްޔަށް 400،000 މީހުންވަނީ ޕޮޒިޓިވުވެފައެވެ. އަދި މިބަލީގައި ޕާކިސްތާނުންވަނީ 8،000 ވުރެ ގިނަ މީހުން މަރުވެފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ