ށ. ޅައިމަގުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ހިންގާ ސަރަހައްދު ތައްޔާރުކޮށް ނިމިފައިވާ ކަމަށް އެ މަޝްރޫއު އާ ހަވާލުވެފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެގޮތުން ޅައިމަގުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރުމަށްޓަކައި މަޝްރޫއު ހިންގާ ސަރަހައްދު މި މަހުގެ ހަތްވަނަ ދުވަހު ތައްޔާރުކޮށް ނިމިފައިވާ ކަމަށް އެމްޓީސީސީ ހާމަކުރެއެވެ.
މި މަޝްރޫޢުގެ ދަށުން، 31،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 500 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 276 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1،380 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި އަދި މަގުބައްތި ހަރުކުރުން ފަދަ މަސައްކަތްތައް ކުރާނެއެވެ.
އެމްޓީސީސީ އާއި ހަވާލުުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއަކީ 56.3 މިލިއަން ރުފިޔާގެ މަޝްރޫއު އެއް ކަމަށް އެމްޓީސީސީ އިން ބުނެއެވެ.
ށ. ޅައިމަގު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، 07 ޑިސެމްބަރ 2020 ގައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފި. މި މަޝްރޫޢަކީ 56.3 މިލިއަން ރުފިޔާގެ މަޝްރޫޢެއް. pic.twitter.com/LNqq8172RS
— MTCC Plc (@MTCCPlc) December 9, 2020



