ބޮލީވުޑްގެ އެންމެ މަޝްހޫރު އަދި ކާމިޔާބު އަންހެން ބަތަލާ އިންގެ ތެރޭގައި ހިމެނޭ އާލިއާ ބަޓް ލީޑު ރޯލުން ފެނިގެންދާ ފިލްމު "އާރްއާރްއާރް"ގެ މަސައްކަތްތައް ފަށައިފިއެވެ.
އުމުރުން 27 އަހަރުގެ އާލިއާ ވަނީ މިހާރު 'އާރުއާރުއާރު' ގެ ޝޫޓިންތައް ފަށައިފައެވެ. އެ ފިލްމުގައި އާލިއާ ފެނިގެންދާ 'ސީތާ' ކިޔާ ކެރެކްޓާއަކީ ފިލްމަށް ވަރަށް މުހިންމު ކެރެކްޓާއެއް ކަމަށް ފިލްމުގެ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ ބުނެފައިވެއެވެ.
ހައިދްރުބާދުގައި އާލިއާ މި ވަގުތު ހުރިއިރު އޭނާ ފެނިގެންދާ ރޯލުގެ ޝޫޓިން ތިން ހަފްތާތެރޭ ނިމޭނެއެވެ. ފިލްމުގެ ޝޫޓިންތައް ކުރިން ފަށައި ގޮތަށް ތާވަލުކޮށްފައި އޮތީ މިދިޔަ މަހުއެވެ. އެހެންނަމަވެސް އާލިއާ އަށް ވަގުތު ނުވެގެން ޝޫޓިންތައް ލަސްކުރަން ޖެހުނީއެވެ.
އިންޑިއާގެ މިނިވަން ކަމަށް މަސައްކަތް ކުރި ހިޔާލީ ދެ ކެރެކްޓާއަކަށް ބިނާކޮށް ތައްޔާރުކުރާ އެ ފިލްމުގެ ފިރިހެން ދެ ބަތަލަކީ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާއެވެ.



