ފްލެގް ގާލް" ގެ 144 ވަނަ ގައުމަކަށް ދިވެހިރާއްޖެ

އެންމެ ގިނަ ޤައުމުތަކަށް ބަންގްލަދޭޝްގެ ދިދަ ހިފައިގެން ދަތުރު ކުރަމުންދާ ދުނިޔޭގެ ރިކޯޑްފޮތުން ޖާގަ ހޯދާފައިވާ ނަޖުމުއްނަހާރު ރާއްޖެއަށް ޒިޔާރަތް ކޮށްފިއެވެ.

ނަޖުމުއްނަހާރުގެ އަމާޒަކީ ދުނިޔޭގެ ސުލްޙަ އަދި އަންހެނުންނާއި ކުޑަކުދިން ކުރިއެރުވުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން 200 ޤައުމަކަށް ޒިޔާރަތް ކުރުމެވެ. ނަޖުމުނަހާރުގެ މިމަސައްކަތްތައް ބައިނަލް އަޤްވާމީ ޖަމާޢަތްތަކުން ބަލައިގަނެ ހިތްވަރު ދިނުމުގެ ގޮތުން އިނާމުތަކާއި ޝަރަފްތައްވަނީ އޭނާއަށް އަރުވާފައެވެ. އެގޮތުން "ދަ ޕީސް ޓޯޗް ބެއަރރާ އެވޯރޑް"، "ސަކްސެސްފުލް ވިމެން އެވޯޑް"، އަދި "ރެޑްކްރެސެންޓް މޯޓިވޭޝަނަލް އެވޯރޑް" ވެސް ވަނީ ލިބިފައެވެ.

ނަޖުމުއްނަހާރު މިހާރު ކުރަމުންދާ މަސައްކަތަކީ ދުނިޔޭގެ ޤައުމުތަކުގެ ޒުވާނުން ގުޅުވައިދިނުމަށް "އިންސްޕިރޭޝަން ގްލޯބަލް ޕްލޭޓްފޯމް" އެއް ޤާއިމް ކުރުމެވެ.

ނަޖުމުއްނަހާރު މިދަތުރު ފަށާފައިވަނީ 2000 ވަނަ އަހަރުއެވެ. "އިންޑިއާ އިންޓަރނޭޝަނަލް އެޑްވެންވަރ ޕްރޮގްރާމް" ގެ ދަށުން އިންޑިއާގެ ބޯޕާލްއަށް ނަޖުމުއްނަހާރު ފެށި މިދަތުރުގައި 2018 ވަނަ އަހަރު ނިމުނުއިރު 110 ޤައުމަކަށް އޭނާވަނީ ދަތުރުކޮށްފައެވެ. ބޭރުގެ މީޑިއާ ރިޕޯރޓްތައް ބުނާގޮތުން 2018 ވަނަ އަހަރު އެކަނިވެސް އޭނާ 32 ޤައުމަކަށް ދަތުރުކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ