އަޑުގަދަކޮށް ލަވަޖަހާއިރު އަވައްޓެރިންނާ ދޭތެރޭވެސް ވިސްނާލާ: ޢަލީ ރަމީޒު

އަޑުގަދަކޮށް ލަވަޖަހާނަމަ، ހިސާބުގަނޑުގައި ދިރިއުޅޭ އަވައްޓެރިންނާ ދޭތެރޭވެސް ވިސްނާލުން މުހިންމުކަމަށް ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިހާރު ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނީ ދައުވަތު ފެތުރުމުގައި މަސައްކަތް ކުރާ ޢަލީ ރަމީޒު ވިދާޅު ވެއްޖެއެވެ.

މީސްމީޑިއާ މެދުވެރިކޮށް ޢަލީ ރަމީޒު ވިދާޅުވީ މުޅި ހިސާބުގަނޑަށް އުނދަގޫވާވަރަށް ބާރަށް ލަވަ ޖަހާނަމަ އަވައްޓެރިންގެ ޙައްޤުތަކެއްވެސް ގެއްލިގެންދާކަމަށެވެ. އެގޮތުން އެކަމުގެ ސަބަބުން ބަލި މީހުންނާއި ކުޑަ ކުދީންނާއި އުމުރުން ދުވަސްވީ މީހުންނަށް އެތަށް ވޭނެއް ތަޙައްމަލު ކުރަން ޖެހޭކަމަށް ވިދާޅުވިއެވެ.

"ތިމާ ނޫން އެހެން މީހުންނާ މެދު ރަޙުމެއް ބަހައްޓަބަލާށެވެ. ހެޔޮނުވާނެއެވެ." ޢަލީ ރަމީޒު ވިދާޅުވިއެވެ.

މިއުޒިކާއި ލަވައިގެ ދުނިޔޭގައި އެތަކެއް އަހަރު ތަކެއް ޢަލީ ރަމީޒު ކުރިން ހޭދަކުރިނަމަވެސް 2003 ވަނަ އަހަރުވަނީ ލަވަކިއުން ހުއްޓާލާފައެވެ.

މީގެއިތުރުން އޭނާގެ މިއުޒިކީ ހަޔާތުގެ ފޮޓޯޓަކާއި ވީޑިއޯތަކާއި ލަވަތައް، މިއުޒިކް، ޓީވީ އާއި ރޭޑިއޯ އަދި ސޯޝަލް މީޑިއާގައި ބޭނުން ނުކުރުމަށް ދާދިފަހުންވަނީ ސަޕޯޓަރުންގެ ކިބައިން ޢަލީ ރަމީޒުވަނީ އެދިފައެވެ.

ޢަލީ ރަމީޒު ވިދާޅުވީ، މާތް ﷲ އަށްޓަކައި އޭނާއަކީ މިއުޒިކާއި އިންތިޙާއަށް ނަފުރަތުކުރާ މީހެއްކަމަށާއި، އެގޮތުގައި އިސްލާމްދީނުގެ މަތިވެރިހިދާޔަތުގެ މަތީގައި އަނބިދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރެވޭތޯ މަސައްކަތްކުރާ މީހެއްކަމަށެވެ. އެހެންކަމުން އޭނާގެ ލަވަތައް ޖެހުމާއި، ޓީވީ ރޭޑިއޯ ތަކުން ފޮނުވުމާއި، އޭގެން ވިޔަފާރިކުރުމާއި، މީސްމީޑިއާގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން އޭނާގެ ލަވަތަކާއި މިއުޒިކީ ހަޔާތުގެ ފޮޓޯޓަކާއި ވީޑިއޯތައް ބޭނުން ނުކުރުމަށް ސަޕޯޓަރުންގެ ކިބައިންވަނީ އެދިފައެވެ.

އަދި މިއުޒިކާ ދުރުވީ ކީރިތި ޤުރުއާނާއި ރަސޫލާގެ އެތަށް ހަދީޘްފުޅުތަކަކުން އެއީ ކަނޑައެޅިގެން ޙަރާމްކަމެއްކަން ކަށަވަރުވާތީކަމަށާއި، އަދި މިފަދަ ނުބައިކަން ބޮޑުވެގެންވާ ފާފައަކުން ދުރުކޮށްދެއްވީތީ މާތް ﷲ އަށް ޙަމްދުކުރާކަމަށްވެސް ޢަލީ ރަމީޒް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ