ފޭދޫ ކުރީގެ ސްކޫލު އިމާރާތެއްގައި އަލިފާން ރޯވެ އަނދަނީ

ފޭދޫ ކުރީގެ ސްކޫލް އިމާރާތުގައި ރޯވެ އަނދަނީ

ށ. ފޭދޫ ކުރީގެ ސްކޫލް އިމާރާތުގައި އަލިފާން ރޯވެއްޖެއެވެ.

ފޭދޫ ކައުންސިލުގެ ނައިބު ރައީސް މުހައްމަދު ޝާމިރު "ފެށުން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ރަށުގެ ސްކޫލުގެ ކުރީގެ އިމާރާތެއްގައި އަލިފާން ރޯވީ މިއަދު 11:00 ހާއިރު ކަމަށެވެ. މި ހާދިސާގައި އިމާރާތް އެއްކޮށް ހަލާކުވެ ބޭނުން ނުކުރެވޭ ވަރު ވެފައިވާކަމަށެވެ.

އަދި މި އިމާރާތަކީ ފޭދޫ ސްކޫލު ކުރިން ހުންނަ ތަނުގައި ހުރި އިމާރާތެއް ކަމަށާއި، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގޭކަމަށް ޝާމިރު ވިދާޅުވިއެވެ. މީގެ އިތުރުން މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.

މި ހާދިސާގައި އެ އިމާރާތް އެއްކޮށް އަނދާ ހުލިވެފައިވާކަމަށާއި އަލިފާންގަނޑު ނިއްވުމަށްޓަކައި ރަށުގެ ރައްޔިތުން ނިކުމެ މަސައްކަތް ކުރިކަމަށްް އޭނާ ވިދާޅުވިއެވެ.

އެމްއެންޑިއެފް އިން ވިދާޅުވީ ފޭދޫ ކުރީގެ ސްކޫލް އިމާރާތުގައި އަލިފާ ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު 11:20 ހާއިރު ލިބިފައިވާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ