މާސްކް ނާޅައި ސެލްފީ ނެގި މައްސަލައިގައި ޗިލީގެ ރައީސް ޖޫރިމަނާ ކޮށްފި

މާސްކް ނާޅައި ސެލްފީ ނެގި މައްސަލައިގައި ޗިލީގެ ރައީސް ސެބާސްޓިއަން ޕިނޭރާ 3،500 ޑޮލަރުން ޖޫރިމަނާ ކޮށްފިއެވެ.

ރައީސް ޕިނޭރާ ޗިލީގެ އާންމު ރައްޔިތަކާއެކު ނެންގެވި ސެލްފީއެއްގައި މާސްކް ނާޅައި ހުރެގެން އެމައްސަލަ ވައިރަލް ވެފައިވަނީ މިމަހުގެ ކުރީކޮޅުއެވެ. މިމައްސަލައިގައި ރައީސް ޕިނޭރާވަނީ މާފަށްވެސް އެދިވަޑައިގެންފައެވެ.

ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކުގެ ތެރެއިން އާންމު ތަންތާގައި މާސްކް ނާޅާ އުޅުމަކީ ޗިލީގައި މަނާކަމެކެވެ. އާންމު ތަންތާ މާސްކް ނާޅާ އުޅޭފަރާތްތައް ޖޫރިމަނާ ކުރުމުގެ އިތުރުން ޖަލަށްލުމުގެ ބާރުވެސް ޗިލީގެ ކަމާބެހޭ ފަރާތްތަކަށް ދީފައި ވެއެވެ.

ޗިލީގައި ކޮވިޑް-19 އަށް ޕޮޒިޓިވުވާ މީހުންގެ އަދަދުތައްވަނީ އިތުރުވާން ފަށައިފައެވެ. ލެޓިން އެމެރިކާގެ ގައުމުތަކުގެ ތެރެއިން ޗިލީ ފާހަގަކޮށްލެވެނީ ކޮވިޑް-19ގެ ކޭސްތައް އެންމެ ގިނަ ގައުމުތަކުގެ ތެރޭގައެވެ.

ކޮވިޑް-19 އަށް ޗިލީއިން މިހާތަނަށް 581,135 މީހުންވަނީ ޕޮޒިޓިވުވެފައެވެ. އަދި މިބަލީގައި 16,051 މީހުންވަނީ ޗިލީއިން މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ