މޯދީ ރާއްޖެ ވަޑައިގެން ފުރަތަމަވެސް ދިވެހި ބަހުން ޓްވީޓެއް!


ފުރަމާނަ ދަތުރުފުޅެއްގައި އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ މިއަދު ހަވީރު ދިވެހިރާއްޖެއަށް ވަޑައިގެންފައިވާއިރު، އެމަނިކުފާނު ރާއްޖެ ވަޑައިގެން ފުރަތަމަ ކުރެއްވި ޓްވީޓް ޚާއްޞަވެއްޖެއެވެ.

މި ޓްވީޓް ދިވެހިންނަށް ޚާއްޞަވެފައިވަނީ، މޯދީގެ މި ތާރީޚީ ޓްވީޓް ދިވެހި ބަހުން ކުރެއްވުމުންނެވެ.

މޯދީގެ ޓްވީޓްގައި ވިދާޅުވީ، ދިވެހިރާއްޖެއަށް އާދެވިއްޖެ ކަމަށާއި، މި ދަތުރުފުޅުން ރަމްޒުކޮށްދެނީ ދެޤައުމުގެ ދެމެދުގައިވާ ގާތް ރަޙްމަތްތެރިކަން ކަމަށެވެ.

"ދިވެހިރާއްޖެއަށް އާދެވިއްޖެ. މިދަތުރު އަޅުގަނޑުގެ ދެވަނަ ދައުރުގެ ފުރަތަމަ ދަތުރު ދައްކުވައިދެނީ އިންޑިއާއަށް ދިވެހިރާއްޖެއާ ގުޅިފައިވާ ވަރުގަދަ ގުޅުމުގެ މުހިންމުކަން. އަދި ތަފާތު ރޮނގުތަކުން ގުޅުން ބަދަހިކުރުމަށް ބޭނުންވާ މިންވަރު." މޯދީގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މޯދީ މިއަދު ހަވީރު ރާއްޖެވަޑައިގެންފައިވާއިރު، ދާދި ދެންމެ ވަނީ މާލެ ވަޑައިގެންފައެވެ. އެމަނިކުފާނު މާލެއަށް ފައިބައިވަޑައިގަތުމާއެކު، ރަސްމީ ފާލަމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެއަށްފަހު، އެބޭފުޅުން ވަނީ ދިވެހި ސްކޫލް ކުދިން ހުށަހަޅައިދިން ޘަޤާފީ އައިޓަމެއް ބައްލަވައިލައްވައިފައެވެ.

މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާގެ ބޮޑުވަޒީރު ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، 21 ބަޑީގެ ސަލާމެއް އެރުވުނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ފަތިފުއް

    ތިވަރުގެ ދިވެއްސަކަށް ފަރިތަ މީހަކު ކީއްވެބާ ހިންދީ ބަހުން ވާހަކަ ދައްކަނީ ހެސްކިޔާފައި ދިވެހިބަހުން ތަޤުރީރުކުރަންވީނު ތިވާނީ ލިފްޓްސާހިދު ލިޔެދީފަ ޓުވިޓުކޮށްދިނީކަމައް

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ