ހދ. ކުރިނބީގައި ކުޅުދުއްފުށީ މީހަކު މަސްތުވާތަކެތި ބޭނުން ކުރަނިކޮށް، ކުރިނބީ ރައްޔިތުން ނިކުމެ އެމީހާ ރަށުން ބޭރު ކުރުމުގެ މަސައްކަތް ކުރަމުން އެބަގެންދެއެވެ.
"ފެށުމަށް" މައުލޫމާތު ލިބިފައިވާ ގޮތުގައި، މަސްތުވާތަކެތި ބޭނުން ކުރަނިކޮށް އަތުލައިގަން އެމީހާއަކީ، ކުރިނބި ސުކޫލުގައި އިމާރާތް ކުރަމުންދާ 5 ކްލާސް ރޫމްގެ މަސައްކަތް ސުޕަވައިޒް ކުރަން ފޮނުވާފައި ހުރި ސުޕަވައިޒަރެވެ.
އެމީހާ މަސްތުވާތަކެތި ބޭނުން ކުރަނިކޮށް އެރަށު ރައްޔިތުން އަތުލައިގަންފައިވަނީ ކުރިނބީއަށް ނިސްބަތްވާ ޒުވާނަކާއި އެކު އޭނާގެ ކޮޓަރި ތެރެއިންނެވެ.
ކުރިނބީ ރައްޔިތުން ވަނީ އެމީހާ އަތުލައިގަނެގެން ގެންގޮސް ކައުންސިލް އިދާރާއާއި ހަވާލުކޮށްފައެވެ. އަދި ގިނަ ރައްޔިތުން ދަނީ ކައުންސިލް އިދާރާ ކައިރިއަށް އެއްވެ ނުރުހުންވެސް ފާޅުކުރަމުންނެވެ.

ކުޅުދުއްފުއްޓަށް ނިސްބަތްވާ އެމީހާ މަސްތުވާތަކެތި ބޭނުން ކުރަމުން ދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އެމީހާ އަތަށް އިންޖެކްޝަން ޖަހާ މަންޒަރު އެ ވީޑިއޯ އިން ފެނިގެން ދެއެވ
ފުލުހުން ދަނީ މިހާރު އެމައްސަލަ ތަހްގީގު ކުރުމަށް ހަރަކާތްތެރިވަމުންނެވެ.




ހިޔާލު
Video laaba enzo