އުމުރުން ދުވަސްވީ އަންހެނަކަށް ޖިންސީފުރައްސާރަކޮށް އޮރިޔާންކާޑް އުފައްދައިފި

އުމުރުން ދުވަސްވީ އަންހެނަކަށް ގަދަކަމުން ޖިންސީފުރައްސާރަކޮށް އޮރިޔާންކާޑް އުފައްދައިފިއެވެ.

ޖިންސީފުރައްސާރަކޮށް އޮރިޔާންކާޑް އުފައްދާފައިވަނީ އުމުރުން 75 އަހަރުގެ ލ. ގަމަށް ނިސްބަތްވާ އަންހެނަކަށް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

ފުލުހުނާއި ހަވާލާދީ އޮންލައިންނޫސް "ސީއެންއެމް" ގައި ބުނެފައިވަނީ މިމަހުގެ 20 ވަނަ ދުވަހު އުމުރުން 75 އަހަރުގެ އަންހެނަކަށް ގަދަކަމުން ޖިންސީ ފުރައްސާރަކޮށް އޮރިޔާންކާޑް އުފެއްދި މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން މިމަހުގެ 21 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ވިދާޅުވެފައިވަނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގުކުރިއަށް ގެންދިއުމަށް ޖަހައިދީފައި ވަނީ 15 ދުވަސް ކަމަށެވެ. އަދި އެމައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ