ރާއްޖެއަށް ބޭނުންވާ ވަރަށް ކޮވިޑް ވެކްސިން ހޯދުމަށް މަސައްކަތް ދަނީ ކުރެވެމުން: ރައީސް

ދިވެހިރާއްޖެއަށް ބޭނުންވާ ވަރަށް ނުރައްކާތެރި ކޮވިޑް 19 އަށް ފަރުވާ ކުރާ ވެކްސިން ލިބޭނެ ކަމަށް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހުރީ މައިދާނުގައި ކުރިއަށް ގެންދިޔަ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ، ކޮވިޑް 19 އަށް ފަރުވާ ކުރުމަށްޓަކައި ރާއްޖެއަށް ވެކްސިކް ބޭނުންވާ މިންވަރަށް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިލް ލިބިގެންދާނެ ކަމަށެވެ.

ނުރައްކާތެރި ކޮވިޑް 19 ވައިރަހުގެ ސަބަބުން ދިވެހި ރައްޔިތުން މިއަދު ދެކެމުންމިދަނީ އިގްތިސާދީ ގޮތުން މީގެކުރިން ދުވަހަކުވެސް ދެކެފައިނުވާ ދަތިތަކެއް ކަން ފާހަގަކުރައްވަމުން ރައީސް ޞާލިހް ވިދާޅުވީ، ކޮވިޑް 19 ގެ ސަބަބުން އިގްތިސާދީ ގޮތުން އެންމެ ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހުނު އެއްގައުމަކީ ދިވެހިރާއްޖެ ކަމަށެވެ.

ނުރައްކާތެރި ކޮވިޑް 19 ވައިރަސް ޖެހިގެން ދިވެހިރާއްޖެއިން ވަނީ މިހާތަނަށް 48 މީހުން މަރުވެފައެވެ. ކޮވިޑް 19ގެ ސަބަބުން ރަން ބިސް އަޅާ ކުކުޅުގެ ގޮތުގައި ގިނަ ބަޔަކު ސިފަަކުރާ ފަތުރުވެރިކަމުގެ ދާއިރާއަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަނެއްކާ އަލުން ފަތުރުވެރިކަމުގެ ދާއިރާ ހުޅުވާލުމަށްފަހު ސަރުކާރުން ދަނީ ލިބުނު ގެއްލުންތަކުން އަރައިގަނެ، އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ