ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ ސިއްހީ ހާލުކޮޅު ދެރަވެގެން އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފިއެވެ.
އާއިލާއާ ހަވާލާދީ ޕީޕީއެމްގެ ސުޕޯކްސްޕާސަން ހީނާ ވަލީދު މިރޭ ވިދާޅުވީ، ޑރ. މުއިއްޒު ހާލުކޮޅު ދެރަވެގެން ހޮސްޕިޓަލުގައި އެޑްމިޓުކުރެވި އަދި މިހާރު ހާލުކޮޅު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށެވެ.
މައުލޫމާތު ލިބޭގޮތުގައި ޑރ. މުއިއްޒުގެ ހާލުކޮޅު ދެރަވެގެން އައިޖީއެމްއެޗް ގައި އެޑްމިޓު ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
ޑރ. މުއިއްޒުގެ ހާލުކޮޅު ދެރަވެފައިވަނީ ސިއްހީ ކޮން މައްސަލައަކާއި ގުޅިގެންކަން ޕީޕީއެމް އިން ހާމަކޮށްފައެއް ނުވެއެވެ. ޑރ. މުއިއްޒުވަނީ ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ޕީޕީއެމް ޓިކެޓުގައި ވާދަކުރައްވަން ނިންމަވައިފައެވެ.



