އިންޑިއާގައި އިމަޖެންސީ ބޭނުންތަކަށް ނުރައްކާތެރި ކޮވިޑް 19 އަށް ފަރުވާ ލިބޭ އޮކްސްފޯޑް ޔުނިވަރސިޓީގެ ކޮވިޑް ވެކްސިން ދިނުމުގެ ހުއްދަ އިންޑިއާއިން ދީފިއެވެ.
އިންޑިއާގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރު، ޕްރަކާޝް ޖާވެދޭކަރު ވަނީ އެކަން ކަށަވަރުވެސް ކޮށްދެއްވާފައެވެ. ޑްރަގްސް ކޮންޓްރޯލް އޮތޯރިޓި އޮފް އިންޑިއާއިން ހުއްދަ ދޭއިރަށް އިންޑިއާގެ މުޅި އާބީދީއަށް ކޮވިޑް ވެކްސިން ދިނުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ވަނީ އަޑުފެތުރިފައެވެ.
ބޮޑު އާބާދީއެއް އޮންނަ އިންޑިއާގެ ސަރުކާރުން އުންމީދު ކުރަނީ މި އަހަރު މެދުޖެހުމުގެ ކުރިން 300 މިލިއަން މީހުންނަށް ވެކްސިން ދިނުމަށެވެ. ރިކޯޑްތަކުން ދައްކާ ގޮތުގައި އިންޑިއާގައި 10.2 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑްޖެހިފައި ވެއެވެ.
ވެކްސިން ދޭއިރު ދިމާވެދާނެ ދަތިތަކުން އަރައިގަތުމަށްޓަކައި އިންޑިއާގެ ސިއްހީ އިދާރާތަކުން އަންނަނީ ރިހާސަލްތައް ބާއްވައި ފަރިތަކުރަމުންނެވެ. އަދި އާންމުން ހޭލުންތެރިކުރުވުމަށް ސައްހަ މައުލޫމާތު ފޯރު ކޮށްދެމުންނެވެ.




