ކޮވިޑް-19: 9 މަހަށް ފަހު ކެންޔާގެ ސްކޫލުތައް ހުޅުވައިފި

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ކެންޔާއިން އަޅައިފައިވާ ފިޔަވަޅުތަކުގެ ދަށުން އެގައުމުގެ ސްކޫލުތައް ބަންދުކުރުމަށްފަހު ފުރަތަމަ ފަހަރަށް މިއަދު އެ ސްކޫލުތައް ހުޅުވައިފިއެވެ.

ނުވަމަސް ދުވަހަށްފަހު ކެންޔާގެ ސްކޫލުތައް ހުޅުވައިފައިވާއިރު ގިނަ ދަރިވަރުންނާއި އަދި މުދައްރިސުންގެ މޫނުމަތިން ފެނިފައިވަނީ ވަރަށްވެސް އުފާވެރި މަންޒަރުތަކެއް ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސްކޫލުތައް މިއަދު ހުޅުވައިފައި ވީނަމަވެސް ސްކޫލުތައް ހުޅުވައިފައިވަނީ އެންމެ އެކަށީގެންވާ ގޮތައް ތައްޔާރުވެގެން ނޫންކަމަށް ކެންޔާގެ ޔޫނިއަން އޮފް ޓީޗާރސް އިން ބުނެއެވެ.

މިގޮތުން ހުންބަލާ ވަސީލަތްތައް ގަތުމަށާއި ސާފުތާހިރުވާނޭ އެންމެ އެކަށީގެންވާ ތަކެތި ގަނުންފަދަ ހެލްތް ޕުރޮޓަކޯލުގައިވާ ކަންކަން ކުރުމަށް ސަރުކާރުން ސްކޫލުތަކަށް ފަންޑު ދޫކޮށްފައި ނުވާކަމަށް ކެންޔާގެ ޔޫނިއަން އޮފް ޓީޗާރސް އިން ބުނެއެވެ.

ކެންޔާއިން ކޮވިޑް-19 އަށް 96,908 މީހުންވަނީ ޕޮޒިޓިވުވެފައެވެ. އަދި މިބަލީގައި 1,686 މީހުން އެގައުމުން މަރުވެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ