ޕާކިސްތާނުގެ ބޮޑު ސަރަހައްދަކުން ކަރަންޓު ގޮސް ގައުމު ކަނުއަނދިރިކަމަކަށް

ޕާކިސްތާނުގެ ބޮޑު ސަރަހައްދަކުން ކަރަންޓު ގޮސް އެގައުމުގެ އެތައް މިލިއަން ބަޔަކު ކަނު އަނދިރިކަމުގައި ހޭދަކުރަން ޖެހިއްޖެއެވެ.

ރޭ ދަންވަރު ދިމާވި މިހާދިސާގައި ޕާކިސްތާނުގެ އެންމެ ބޮޑެތި ސިޓީތަކުންވެސްވަނީ ކަރަންޓު ގޮސްފައެވެ. މިގޮތުން ވެރިރަށް އިސްލާމްއާބާދުންވެސްވަނީ ކަރަންޓު ގޮސްފައެވެ.

ޕާކިސްތާނުގައި ކަރަންޓު ކެނޑުމުގެ މައްސަލަތަކަކީ އާންމުކޮށް ހިނގާ ކަންކަމެވެ. މިހެންކަމުން ހޮސްޕިޓަލްފަދަ ކޮންމެހެން ކަރަންޓުގެ ހިދުމަތް ބޭނުންވާ ތަންތަނުގައި ބެކަޕެއްގެ ގޮތުގައި ޑީސަލް ޖަނަރޭޓަރުތައް އަންނަނީ ބޭނުން ކުރަމުންނެވެ.

ޕާކިސްތާނުގެ ޕަވަރ މިނިސްޓަރ އުމަރު އައްޔޫބު ހާން ރޭ ވިދާޅުވީ، ކަރަންޓުގެ މައްސަލަތައް ދިމާވެފައިވަނީ ޕަވަރ ޓްރާންސްމިޝަންއަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ. ރޭ ޕާކިސްތާނުގެ ގިނަ ހިސާބަކަށް އަލުންވަނީ ކަރަންޓު ދީފައެވެ.

ބޮޑު ހިސާބަކުން ކަރަންޓު ދާން ދިމާވި މައްސަލަ ކަމާބެހޭ ފަރާތްތަކުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ