ވިލިނގިލީ މޮނީޓަރިން އުވާލައިފި

މޮނިޓަރިންގެ ހާލަތު އުވާލާއި ގއ. ވިލިނގިލި އާންމު ހާލަތަށް ގެނެސްފިއެވެ.

އެޗްޕީއޭ އިން މިއަދު ބުނީ ވިލިނގިލީ މޮނީޓަރިން އުވާލާފައިވަނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނީޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތުމުންކަމަށެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި ބަޔަކު ފެނިގެން، މޮނީޓަރިންގ ހާލަތަށް ވިލިނގިލި ގެނެސްފައިވަނީ މިހިނގާ ޖެނުއަރީ 14 ވަނަ ދުވަހުއެވެ. އެރަށް ކަރަންޓީންކޮށްފައި ވަނީ އެރަށުގައި ހުންނަ ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކިޔަވަމުންދާ ދަރިވަރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އަދި އެދަރިވަރާއި އޭނާގެ ގޭގައި އުޅޭ އިތުރު ދަރިވަރަކުވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

ވިލިނގިލިން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މިވަގުތު ކޮވިޑްގެ ހާލަތު ގޯސްވެފައިވާ ދެއްވަދޫގެ ކްލަސްޓާއާ ގުޅޭ ދަރިވަރެކެވެ.

ދެއްވަދޫ ކޭސްގައި ހޯމްކަަރަންޓީނުގައި ތިބަ ބަޔަކު ނެގެޓިވްކަމަށް އެންގުމުން އެމީހުން ކަރަންޓީނު ނުކުތްފަހުން އޭގެތެރޭގައި ހިމެނުނު ހަތަރު މަހުގެ ކުއްޖާގެ ނަތީޖާ ނުލިބޭކަމަށް އަތޮޅު ހޮސްޕިޓަލުން ފަހުން އެންގިއެވެ. އަދި ފަހުން އެ ތުއްތު ކުއްޖާ ކޮވިޑަށް ޕޮޒިޓިވްކަމަށް ހޮސްޕިޓަލުން އަންގާފައިވާއިރު، އެމީހުންވަނީ އިތުރު ރަށުގެ އިިތުރު މީހުންނާއި ކޮންޓެކްޓްވެފައެވެ. އަދި ބަލި ފެތުރެން ފެށީއެވެ.

ދެއްވަދޫ ކްލަސްޓާ އިން މިހާތަނަށް 69 މީހަކު ޕޮޒިޓިވް ވެފައިވާއިރު ކޮންޓެކްޓުންގެ އަދަދު 150 ހުން މަތީގައި އުޅޭކަމަށް އެޗްއީއޯސީ އިން މީގެ ކުރިން ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ