ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ އިން، ޒަމާނީ ނެވިކަމަށް – އެންމެފަހުގެ ނެވިގޭޝަން ސިމިއުލޭޓަރ ތައާރަފްކޮށްފިއެވެ.
އެންމެ ފަހުގެ މި ނެވިގޭޝަން ސްމިއުލޭޓާ ތައާރަފް ކުރީ މިއަދު ސެންޓާ ފޯ މެރިޓައިމް ސްޓަޑީސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާރުގައި އެ ސިސްޓަމް އިފްތިތާހްކޮށްދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.
މިއަދު ތައާރަފްކުރި މި ސްމިއުލޭޓާއަކީ އައިއެމްއޯގެ ގެ މިންގަނޑުތަކަށް ނެވިގޭޝަން އޮފިސަރުންނާއި ޖީއެމްޑީއެސްއެސް އޮޕަރޭޓަރުން ތަމްރީނުކުރުމަށް ބޭނުން ކުރެވިގެންދާނެ ވަސީލަތެކެވެ. އަދި ނެވިގޭޝަން ސިމިއުލޭޓަރަކީ ދަރިވަރުންގެ ނެވިގޭޝަން އަދި ޝިޕްހެންޑްލިން ގެ ހުނަރު ހުރިވަރު ބެލުމަށްޓަކައި ބޭނުން ކުރާ ވަސީލަތެކެވެ.
މި ވަސީލަތުގެ ސަބަބުން ސެންޓަރ ފޯރ މެރިޓައިމް ސްޓަޑީޒް ގައި ދެވޭތަމްރީނު ތަކަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށާއި އަދި މިއަހަރުތެރޭގައި އިތުރު ކޯސްތައް ފެށިގެންދާނެ ކަމަށް އެމްއެންޔޫ އިން ވިދާޅުވިއެވެ.
The Next Generation Navigation Simulator ޒަމާނީ ނެވިކަމަށް - އެންމެފަހުގެ ސިމިއުލޭޓަރު was launched by the Minister of National Planning, Housing, and Infrastructure Mohamed Aslam today (19th January 2021) at The Maldives National University, Centre for Maritime Studies. pic.twitter.com/Oa7I3Pwl66
— The Maldives National University (@MNUedu) January 19, 2021
އެގޮތުން ފޯރު ކޮށްދެވޭނެ ކޯސް ތަކުގެ ތެރޭގައި މާސްޓަރ އެންޑެ ޗީފްމޭޓް ކޯސް، އިލެކްޓްރޯނިކް ޗާޓް ޑޭޓާ އެންޑް އިންފޮމޭޝަން ސިސްޓަމްސް(ECDIS)، ބްރިޖް ޓީމް މެނޭޖްމެންޓް(BTM)، ބްރިޖް ރިސޯސް މެނޭޖްމެންޓް (BRM)، ގްލޯބަލް މެރިޓައިމް ޑިސްޓްރެސް ސޭފްޓީ ސިސްޓަމް (GMDSS) ފަދަ ކޯސްތައް ހިމެނެއެވެ. މީގެ އިތުރުން ޑެކް އޮފިސަރުންނާއި ކެޕްޓަނުންގެ ރިފްރެޝާރ ކޯސް ތަކުގައި ސިމިއުލޭޓަރ ބޭނުން ކުރެވޭނެކަމަށް އެމްއެންޔޫ އިން ވިދާޅުވިއެވެ.
މިގެ އިތުރުން އެމްއެންޔޫއިން ވިދާޅުވީ، އެ ޔުނިވާސިޓީން މަސައްކަތް ކުރަނީ އެޑްވާންސްޑް ޑިޕްލޮމާ އިން ނޯޓިކަލް ސައިންސް ބެޗެލަރ އޮފް ސައިން އިން މެރިން އޮޕަރޭޝަންސް މެނޭޖްމެންޓް ފަދަ ކޯސްތައް ވެސް ފަރުމާކުރަން ކަމަށެވެ.




