ހދ.ކުޅުދުއްފުށީ އަމީނީމަގުގައި ހުރި ހޮޅިދަނޑިއެއްގައި ކާރެއް ޖެހި އެކްސިޑެންޓްވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ކުޅުދުއްފުށީ ސިޓީ ގަރާޖު ކުރިމަތިން، އަމީނީ މަހު މެދުގައި ހުރި ހޮޅިދަނޑީގައި ކާރުން ޖެހިގެންނެވެ.
މިއަދު ހަވީރު ގާތްގަނޑަކަށް 6 ޖަހާއިރު ހިނގި މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވިނަމަވެސް، މިހާދިސާގައި ކާރުގެ ކުރީ ކޮޅަށް ގެއްލުންވެފައިވާއިރު ހޮޅިދަނޑިވެސް ވަނީ ވަރަށް ބޮޑަށް އަރިއަޅާލާފައެވެ.

ކުޅުދުއްފުށީ އަމީނީމަގަކީ ފުޅާކޮށް ތަރައްޤީކޮށްފައިވާ މަގެއް ނަމަވެސް، މިދިޔަ ރޯދަމަހުވެސް އަމީނީމަގު ހުރި ހޮޅިދަނޑިއެއްގައި ޕިކަޕެއް ޖެހިގެން މިފަދަ އެކްސިޑެންޓެއް ހިނގާފައިވެއެވެ.



