ކުދިކުދި ކަންތައްތައް ރައްޓެއްސެއް މެދުވެރިނުވެ ހަމަޖެހެން ޖެހޭކަމުގައި މައްޝޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް ވިދާޅުވެފައި ވަނީ ރައްޔިތުންނަށް ޚިދުމަތްދެއްވަން ތިއްބަވާ ބޭފުޅުން ވީހާވެސް ފަސޭހަކޮށް ކަންތައްކުރެވޭނެގޮތް އިންތިޒާމް ކުރައްވަންޖެހޭކަމަށެވެ.
"ކުދިކުދި ކަންތަކުގައި ވެސް 'ރައްޓިއްސެއް' ނުވަތަ 'ވެރިޔަކު' މެދުވެރިނުކޮށް އެކަމެއް ހަމަޖެހޭނެ ގޮތެއް ވާންޖެހޭ" ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.
އިޔާޒް މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގެ ނަން މަޝްހޫރި ހޮސްޕިޓަލެއްގައި އެތަނުގައި ކޮށްފައި އިން ތަޙްލީލަކަށް ނަގާފައިވާ ސާންޕަލް އިންޑިއާގެ ހޮސްޕިޓަލަކުން ބޭނުންވެގެން އަމިއްލައަށް ގޮސް ބުނީމަ އެކަން ނުވުމުންނެވެ. އިޔާޒް ވިދާޅުވީ ނަމަވެސް ހޮސްޕިޓަލުގެ ވެރިޔެއްގެ ރަޙުމަތްތެރިޔަކާ ގުޅުމުން ވަގުތުން އެކަން ހަމަޖެހިއްޖެ ކަމަށެވެ.
"އެންމެ ފުރަތަމަވެސް އެހުރިހާ އުނދަގުލެއް ނުޖައްސާ އެކަންތައް ހަމަޖައްސައިދިންނަމަ ކިހާ ވަގުތެއް ސަލާމަތް ކުރެވުނީސްތޯ؟" އިޔާޒް ވިދާޅުވެފައިވެއެވެ.



