70 ޓަނުގެ މަރުވެފައިވާ ބޮޑުމަހެއް އިޓަލީގެ ކޯސްޓްގާޑުން ހޯދައިފި

މިހާތަނަށް މެޑިޓެރޭނިއަން އިން ފެނުނު މަރުވެފައިވާ އެންމެ ބޮޑުމަސް، އިޓަލީގެ ދެކުނުގެ ކަނޑުގެ ސަރަހައްދުން އެގައުމުގެ ކޯސްޓްގާޑުން ހޯދައިފިއެވެ.

މި މަހުގެ ބަރުދަނުގައި 70 ޓަނު ހުއްނައިރު މި މަސް ފެނިފައިވަނީ ކޯސްޓުގާޑުގެ ޑައިވަރުންނަށް މިދިޔަ އާދިއްތަ ދުވަހުއެވެ.

އިޓަލީގެ އައްސޭރިފަށަށް މި މަސް ގެނައުމަށް ކޯސްޓްގާޑުން ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާއިރު މަސް އައްސޭރިފަށް ގެނެވިފައިވަނީ ބުދަ ދުވަހުއެވެ.

ކޯސްޓްގާޑުން ބުނީ ބެލެވޭ ގޮތުގައި މި މަހަކީ މިހާތަނަށް މި ސަރަހައްދުން މަރުވެފައި އޮއްވާ ފެނުނު އެންމެ ބޮޑު މަހަށް ވާނެ ކަމަށެވެ.

އޮފިޝަލުން މައުލޫމާތު ދޭގޮތުގައި މި މަސް މަރުވި ގޮތް ދެނެގަތުމަށް މެރިން ބަޔޮލެޖިސްޓުން މެދުވެރިކޮށް ޕޯސްޓްމޯޓަމް ހެދުމަށްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މަހުގެ ކަށިގަނޑު ދައްކާލުމަށް މިއުޒިއަމެއްގައި ބެހެއްޓުމަށްވެސްވަނީ ނިންމައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ