މަޝްހޫރު ސެލެބްރިޓީ ކަޕުލް ކަމުގައިވާ ޒޭން މަލިކް އާއި ޖިޖީ ހަދީދްގެ އަލަތު ދަރިފުޅުގެ ނަން ހާމަކޮށްފިއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޒޭން އާއި ޖިޖީ އަށް އަންހެން ކުއްޖަކު ވަނީ ލިބިފައެވެ. އަދި އަލަތު ދަރިފުޅުގެ ނަން ހާމައެކުރީ އޭގެ ގާތްގަނޑަކަށް ހަތަރު މަސް ފަހުންނެވެ.
ޒޭން އާއި ޖިޖީގެ އަންހެން ދަރިފުޅަށް ދީފައިވާ ނަމަކީ، "ކާއި"އެވެ.

ދަރިފުޅުގެ ނަން ޖިޖީ ހާމަކުރީ އޭނަގެ އިންސްޓަގްރަމް އެކައުންޓް މެދުވެރިކޮށެވެ. އެގޮތުން ޖިޖީގެ އިންސްޓަ އެކައުންޓް ބަޔޯ ވަނީ ދަރިފުޅުގެ ނަން ހިމަނައިގެން ބަދަލުކޮށްފައެވެ.
ޖިޖީ އާއި ޒޭންގެ ދަރިފުޅުގެ ނަން ހާމަކުރިއިރު، ދަރިފުޅުގެ މޫނު ފެންނަ އެއްވެސް ފޮޓޯއެއް އަދި އާންމުކޮށްފައެއް ނުވެއެވެ.




