ވަރުންނާއި ނަތާޝާގެ ކައިވެނީގެ ފޮޓޯ!

ބޮލީވުޑްގެ މަޝްހޫރު އަދި ޒުވާން ބަތަލު ވަރުން ދަވަން އަދި އޭނާގެ ލޯބިވެރިޔާ ނަތާޝާ ދަލާލް ކައިވެނިކުރީ އިއްޔެއެވެ.

މި ދެމީހުން ކައިވެނިކޮށްފައިވަނީ ވަރަށް ޕްރައިވޭޓް ސެރެމެނީއެއްގައެވެ. އަދި ދެމެފިރިންގެ ގޮތުގައި ފެންނަ ފުރަތަމަ ފޮޓޯ މިވަނީ ވަރުން މިވަނީ ފޭނުންނަށް ދައްކާލައިފައެވެ.

މި ދެމީހުން ކައިވެނި ކުރި ޙަބަރާއެކު ފޭނުން އިއްޔެ ކެތްމަދުވެފައި ތިބީ ކައިވެނީގެ ހެދުމުގައި ދެމަފަރިން ފެންނަ ފޮޓޯއެއްގެ އިންތިޒާރުގައެވެ.

ދެމަފިރިންގެ ގޮތުގައި ފެނިގެންދާ ފުރަތަމަ ފޮޓޯ ވަރުން ހިއްސާކުރީ އޭނަގެ ރަސްމީ އިންސްޓަގްރަމް އެކައުންޓުގައެވެ. ވަރުން އާއި ނަތާޝާ ކައިވެނީގެ ހެދުމުގައި ހުރިއިރު، ދެމީހުންވެސް ލާފައިވަނީ ރިހި ހެދުމެކެވެ.

ވަރުން އަދި ނަތާޝާ ކައިވެނި ކޮށްފައިވަނީ އިއްޔެ ހަވީރު އަލީބާގްގައެވެ. އަދި އެދެމީހުންގެ ގާތް އެކުވެރިންނާއި އާއިލާގެ ހާޒިރުގައި މި ހަފްލާ ކުރިއަށް ދިޔައި ވަރަށް ވަދުގަދަ ސެކިއުރިޓީއަކާއި އަދި ހަރުކަށި ޤަވާއިދުތަކަކާއެކުއެވެ.އެގޮތުން ކައިވެނި ހަފްލާގައި އެ ދެމީހުންގެ ފޮޓޯ ނަގާ މީސްމީޑިއާގައި އާންމުކުރުން ގެސްޓުންނަށް އޮތީ މަނާކޮށްފައެވެ.

ވަރުން އަދި ނަތާޝާގެ ކައިވެނި ހަފްލާގައި ބައިވެރިވި ފަންނާނުންގެ ތެރެއިން ކަރަން ޖޯހަރު އަދި މަނީޝް މަލްހޯތުރާ ހިމެނެއެވެ.

ވަރުން އާއި ނަތާޝާ ކައިވެނި ކޮށްފައި މިވަނީ ވަރަށް ގިނަ އަހަރުތަކެއް ވަންދެން ރައްޓެހިވެގެން އުޅުމަށްފަހުއެވެ. މި ދެމީހުންނަކީ ކުޑައިރުގެ ދެ ރަހްމަތްތެރިންވެސްމެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ