ހުރިހާ ސްކޫލެެއްގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމު ފަށައިިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް، ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން މިއަދު ފަށައިފިއެވެ.

ރާއްޖޭގެ ސްކޫލުތަކުގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމު ފެށުން އިފްތިތާޙް ކޮށްދެއްވީ ތާޖުއްދީން ސްކޫލުގައި އެކަމަށްޓަކައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި ނައިބް ރައީސް ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް ބައިވެރިވެވަޑައިގަނެފައިވެއެވެ،

ނައިބް ރައީސް ފައިސަލް ނަސީމް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މި ޕްރޮގްރާމަކީ ރައީސް ސޯލިހު ވަރަށް އަހައްމިއްޔަތު ކަމެއް ދެއްވި ޕްރޮގްރާމެއް ކަމަށާއި އެއީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ރަނގަޅު ނަތީޖާއެއް ހޯދަން ދަރިވަރުންނަށް ލިބޭ އެންމެ ފަހި ފުރުސަތު ކަމަށެވެ.

އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ ވާހަކަފުޅުގައި ވިދާޅުވީ، މުޅި ރާއްޖެއަށް ނާސްތާ ޕްރޮގްރާމް ފުޅާ ކުރެވިގެން ދިއުމަކީ ކިޔަވާ ކުދިންނަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އެޕްރޮގްރާމް ޕައިލެޓް ކުރެވުނު ސްކޫލްތަކުން އެފަދަ ހެޔޮ ބަދަލުތައް ފެންނަމުންދާ ކަމަށެވެ. 

ރާއްޖޭގައި ކިޔަވައިދެމުން އަންނަ ސަރުކާރުގެ 213 ސްކޫލުގައި ކިޔަވަމުންދާ 70،000 އަށް ވުރެ ގިނަ ދަރިވަރުން ހެނދުނުގެ ނާސްތާ ދޭން ފެށިފާވާއިރު، މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް ތިން ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ