ރިތިކް ރޯޝަން ލީޑު ރޯލުން ފެނިގެންދާ، ރިތިކް ގެ މިއަހަރުގެ ފުރަތަމަ ފިލްމް "ސުޕަ 30"ގެ ފުރަތަމަ ރަސްމީ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
މިއަހަރުގެ ޖުލައި 12 ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމް "ސުޕަ 30" އަކީ، މަޝްހޫރު މެތަމެޓިޝަންއެއް ކަމަށްވާ އަނަންދު ކުމާރުގެ ހަޔާތުގެ މައްޗަށް އުފައްދާ ބައެގްރޮފިކަލް ފިލްމެކެވެ.
އަނަންދު ކުމާރުގެ ރޯލުން ރިތިކް ރޯޝަން ފެނިގެންދާއިރު، ރިތިކް ވަނީ އަނަންދުގެ ކެރެކްޓަރ ދަސްކުރުމަށްޓަކައި އަނަންދު ކިޔަވައިދޭ ގޮތާއި، ކުދިންނާ މެދު އޮންނަ ގުޅުން، ތަޖުރިބާ ކޮށް އަނަންދުގެ ކެރެކްޓާ ދަސްކޮށްފައެވެ.
މި ފިލްމްގެ ވާހަކަ ބިނާވެފައިވާނީ، އަނަންދުގެ ހުނަރުވެރިކަމާއި ބުރަ މަސައްކަތުން އެތައް ބައެއްގެ ދިރިއުޅުން ބައްދަލުކޮށްލި ގޮތުގެ މައްޗަށެވެ.
"ސުޕަ 30" މި ފިލްމަކީ އެންމެފުރަތަމަ މި އަހަރުގެ ޖެނުއަރީ 25 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. ނަމަވެސް އޭގެ ފަހުން ޖުލައި 26 ފިލްމް އަޅުވަން ލަސްކޮށްފައިވަނީ، ކަންގްނާގެ ފިލްމް "މެންޓަލް ހޭ ކިޔާ" އެ ތާރީހުގައި ރިލީޒްކުރުމަށް ތާވަލް ކުރުމުންނެވެ.
ނަމަވެސް އަނެއްކާވެސް ފިލްމް އަޅުވާ ތާރީޙް ފަސްކޮށް މި އަހަރުގެ ޖުލައި 12 ގައި ފިލްމް ރިލީޒް ކުރުމަށް މިވަނީ ނިއްމާފައެވެ.




