މާބަނޑު ދައްކައިގެން ކަރީނާ ހެދި ޔޯގާގެ ސަބަބުން އަމާޒުވީ ނުރުހުން!

މާބަނޑު ދުވަސްވަރުގައި ސެލެބްރިޓީންގެ ތެރެއިން އެންމެ އެކްޓިވްކޮށް މީސްމީޑިއާގައި ފެނިގެންދާ އެކްޓަރ އަކީ ކަރީނާ ކަޕޫރެވެ. ބަނޑު ބޮޑޫ އެހެން ބަތަލާއިންނާއި ހިލާފަށް ކަރީނާ ފެނިގެންދަނީ ވަރަށް ކެރޭ މީހެއް ގޮތުގައެވެ. އެގޮތުން މީސްމީޑިއާގައި އޭނާގެ މާބަނޑު ފެންނަހެން ބަނޑުބޮޑު އެކި ދުވަސްވަރުގައި އޭނާ އައީ ފޮޓޯތައް ހިއްސާކުރަމުންނެވެ.

ނަމަވެސް މާބަނޑު ދައްކައިގެން ޔޯގާ ހަދާ ފޮޓޯއެއް އިންސްޓަގްރަމްގައި ކަރީނާ ދާދިފަހަކުން ހިއްސާކުރުމާއެކު، ގިނަ ބަޔެއްގެ ނުރުމާއި ފާޑުކިޔުން އޭނާ އަށް ވަނީ އަމާޒުވެފައެވެ.

ކަރީނާ ވިހާ ވަރަށް ކައިރީގައި އޮތްއިރު، އެކި ގޮތްގޮތަށް އޭނާ ޔޯގާ ހަދާ ފޮޓޯތައް ހިއްސާކުރުމުން، މީހުން ބުނަމުން އަންނަނީ، އިންޑީއާގެ ގިނަ މާބަނޑު އަންހެނުންނަކީ ވިހަންދެންވެސް އާމްދަނީ ހޯދުމަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ބަޔެއްކަމަށެވެ. އަދި ކަރީނާފަދަ ތަރިން މިގޮތަށް ނަގާ ފޮޓޯ ސެޝަންއަކުން ކިތަންމެ ދެއްކެން އުޅުނަސް އަސްލު އަންހެނުންނަކީ، އެފަދ ބުރަކޮށް މަސައްކަތްކުރާ މާބަނޑު އަނެހްނުންކަމަށެވެ.

މީގެ އިތުރުން، ކަރީނާ ފަދަ ބޮލީވުޑްގެ ތަރިން ޕަބްލިކް ސްޓަންޓް ޖައްސަނީ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ މީސްމީޑިއާގައި ފާޑުކިޔާފައެވެ.

 

މިލިޔުން ކިޔާލުމުން
43
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ