ވިލާތުގެ އިއްތިހާދުން ބޭރުގެ ގައުމުތަކަށް ފުރާންސުގެ ބޯޑަރު ބަންދުކޮށްފި

ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރަމަށް ފުރާންސުން އާ ހަރުކަށި ބޯޑަރ ގަވާއިދުތަކެއް އިއުލާން ކޮށްފިއެވެ.

ފުރާންސުގެ ބޮޑުވަޒީރު ޖޯން ކަސްޓެކްސް އިއުލާން ކުރި މި އާ ގަވާއިދުތަކުގައި ބުނެފައިވަނީ މާދަމާއިން ފެށިގެން ވިލާތުގެ އިއްތިހާދަށް ނިސްބަތްވާ ގައުމުތައް ފިޔަވައި އެހެނިހެން ގައުމުތަކުން ފުރާންސަށް ދަތުރުކުރުން މަނާވާނެ ކަމަށެވެ.

ވިލާތުގެ އިއްތިހާދަށް ނިސްބަތްވާ ގައުމުތަކުން ފުރާންސައް ދަތުރުކުރާ ފަރާތްތައްވެސް ކޮވިޑް-19 އަށް ޓެސްޓުކުރުމަށް މިހާރު ހެދިފައިވާ ގަވާއިދުތައް އިތުރަށް ހަރުކަށި ކުރާނެ ކަމަށްވެސް ބޮޑުވަޒީރު ކަސްޓެކްސް ވިދާޅުވިއެވެ.

މީގެއިތުރުން ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް ފުރާންސުގައި މިހާރު އަޅައިފައިވާ ފިޔަވަޅުތައްވެސް އިތުރަށް ތަންފީޒު ކުރުމަށްވެސްވަނީ ނިންމައިފައެވެ. މީގެތެރޭގައި ރޭގަނޑުގެ ވަގުތުގައި އިއުލާން ކޮށްފައިވާ ކާފިއުވެސް ހިމެނެއެވެ.

ފުރާންސުން ކޮވިޑް-19 ކޮންޓުރީލް ކުރުމަށް އަޅައިފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރަން ފަށައިފައި މިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވުވާ މީހުންގެ އަދަދު ދައްނުވެ އިތުރުވަމުންދާ މައްސަލައިގައެވެ.

މުޅި ޖުމްލަ މިހާތަނަށް ފުރާންސުން ކޮވިޑް-19 އަށް 3,153,487 މީހުންވަނީ ޕޮޒިޓިވުވެފައެވެ. އަދި މިބަލީގައި 75,620 މީހުންވަނީ މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ