ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އަދި ރައީސް ނަޝީދު | ފޮޓޯ: މިހާރު

އޭޕީގެ އިންތިޚާބުގައި ވޯޓްދެއްވާ ފަރާތްތަކަށް ނަޝީދު މަރުހަބާ ވިދާޅުވެއްޖެ

މިހާރު ކުރިޔަށްދާ އަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބުގައި ވޯޓްދެއްވާ ފަރާތްތަކަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މަރުޚަބާ ދަންނަވައިފިއެވެ.

ރައީސް ނަޝީދު ވިދާޅުވީހެޔޮ ގޮތުގައި ޤައުމެއް ހިންގުމުގެ އެންމެ މުޙިންމު އެއް މުއައްސަސާއަކީ އިންތިޒާމްވެގެން ހިންގާ ސުލްހަވެރި ސިޔާސީ ހަރަކާތްކަމަށެވެ.

"އަދާލަތު ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ވޯޓް ދެއްވާ އެ ޕާޓީގެ ހުރިހާ މެންބަރުންނަށް މަރުހަބާ" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

މިހާރު ކުރިޔަށްދާ އަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބުގެ ވޯޓްލުން މިރޭ 9:00 އާއި ހަމައަށް ކުރިޔަށް ދާނެއެވެ. މި އިންތިޚާބުގައި އަދާލަތު ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވާ އެޕާޓީގެ މިހާރުގެ ރައީސް ޝެއިޚް އިމްރާން ވަނީ އިންތިޚާބުގައި ވާޓްދެއްވައިފިކަން ހާމަކުރައްވާފައެވެ.

އިމްރާން ވަނީ މި އިންތިހާބުގައި އަދާލަތު ޕާޓީގެ ހުރިހާ މެންބަރުން ބައިވެރިވެ ވަޑައިގެން ކުރިއަށް އޮތް ފަސް އަހަރަށް ޕާޓީ ހިންގުމުގެ ޒިންމާ ހަވާލު ކުރާނެ މީހަކު ކަނޑައެޅުމުގައި ބައިވެރިވެ ވޯޓު ލުމަކީ މުހިއްމު ކަމެއްކަމަށް ވިދާޅުވެފައެވެ.

އަދާލަތު ޕާޓީގެ 3 ވަނަ ދަޢުރުގެ ޕާޓީގެ ރައީސްކަމަށް އިމްރާން އާއެކު ދެން ވާދަކުރައްވަނީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ