ޖަޕާނުގެ އަންހެނަކު އޭނަގެ މަންމަ މަރުވުމުން އައިސް އަލަމާރީގައި ގަނޑުކޮށްފައި ބޭއްވި މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.
މި ހަށިގަނޑު ފެނުނީ، މިދިޔަ ހުކުރު ދުވަހު އެ އަންހެން މިހާ ދިރިއުޅުނު އެޕާޓްމެންޓްއިން އެތަން ސާފުކުރާ މީހަކަށެވެ. މީޑީއާގައި ރިޕޯޓުކޮށްފައި ވާގޮތުގައި، އޭނަގެ މަންމަގެ ހަށިގަނޑު ފްރީޒަރ އަށް ފިޓް ކޮށްފައިވަނީ، ހަށިގަނޑު ލަންބައިގެން އެވެ.
48 އަހަރުގެ މި އަންހެން މީހާ ބުނި ގޮތުގައި، އޭނާގެ މަންމަގެ ހަށިގަނޑު އެޕާޓްމެންޓެގެ ފްރީޒަރގައި ފޮރުވީ މީގެ 10 އަހަރު ކުރިންނެވެ. އެގޮތުން އެއް ދުވަހަކު އޭނާ ގެއަށް އައިއިރު، 60 އަހަރުގެ އޭނަގެ މަންމަ އޮތި މަރުވެފައެވެ. އަދި ހަށިގަނޑޫ ފޮރުވީ، އެތަނުން ނުކުންނަށް ބޭނުން ނުވާތީކަމަށް އޭނާ ބުނެފައިވެއެވެ.
ހަށިގަނޑުގައި އަނިޔާއެއްގެ އެއްވެސް ނިޗާނެއް ފެންނަން ނެތްކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މަރުވި ގަޑިއާއި، މަރުވި ގޮތް އަދި ދެނެނުގަނެވޭ ކަމަށް ވެއެވެ.
މި އެޕާޓްމެންޓުން ހަށިގަނޑު ފެނުނީ، އެ އަންހެންމީހާ ކުލި ނުދެއްކުމުގެ ސަބަބުން އެތަނުން ނުކުންނަށް އެންގި ފަހުންނެވެ.
އަންހެން މީހާ ހައްޔަރުކުރީ، ޓޯކްޔޯ އާއި ކައިރީގައި އޮންނަ ޗިބާ ސިޓީގެ ހޮޓަލެއްގެ ތެރެއިންނެވެ.



