"ދަ ގާލް އޮން ދަ ޓްރެއިން"ގެ ޕޯސްޓަރތައް ދައްކާލައިފި!

ނެޓްފްލިކްސް އިން ގެނެސްދޭ "ދަ ގާލް އޮން ދަ ޓްރެއިން"ގައި ފެނިގެންދާ ކެރެކްޓަރ ތަކުގެ ޕޯސްޓަރތައް ދައްކާލައިފިއެވެ.

ކެރެކްޓަރތަކުގެ ޕޯސްޓަރތައް ރިލީޒްކޮށްފައިވަނީ، މި ފިލްމްގެ ލީޑު ރޯލުން ފެނިގެންދާ ބަތަލާ ޕަރިނީތީ ޗޯޕްރާއެވެ.

"ދަ ގާލް އޮން ދަ ޓްރެއިން" އަކީ، 2016 ވަނަ އަހަރު ހަމަ މި ނަމުގައި ނުކުތް ހޮލީވުޑް ފިލްމްގެ ހިންދީ ރީމޭކެކެވެ.

ކެރެކްޓަރތަކުގެ ޕޯސްޓަރތައް ޕަރިނީތީ ވަނީ އޭނަގެ އިންސްޓަގްރަމް އެކައުންޓުގައި ހިއްސާކޮށްފައެވެ. އެގޮތުން ކްރިތީ ކުލާރީ، އަވިނާޝް ތިވާރީ، އަދި އަދިތީ ރާއޯ ހައިދްރީ ވެސް މި ފިލްމުން ފެނިގެންދާއިރު، އެ ތަރިންގެ ކެރެކްޓަރތަކުގެ ފެނިލުންވެސް ވަނީ ހިއްސާކޮށްފައެވެ.

މި ފިލްމް ނެޓްފްލިކްސްގައި ޕްރީމިއާ ކުރަން ހަމަޖެހިފައިވަނީ، ފެބްރުއަރީ 26 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ