ބ. އަތޮޅުގެ ރިސޯޓު މުވައްޒަފުން ކުރިއަށްގެންދިޔަ މުޒާހަރާއެއްގެ ތެރެއިން - ފޮޓޯ: ޓީމް

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 264.6 މިލިއަން ރުފިޔާ ދޫކޮށްފި

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 264.6 މިލިއަން ރުފިޔާ ދޫކޮށްފި

ފިނޭންސް މިނިސްޓްރީން އެންމެފަހުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން 2021 ޖެނުއަރީ 28 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑް-19 އާއި ގުޅިގެން ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 264.6 މިލިއަން ރުފިޔާވަނީ ދޫކޮށްފައެވެ. މިހާތަނަށް 17,710 ފަރާތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައިވާކަންވެސް މިތަފާސް ހިސާބުން އެނގެންއޮވެއެވެ.

އިންކަމް ސަޕޯޓް އެލަވަންސް އަށް އެދި ހުށައެޅި ފަރާތްތަކުގެ ތެރެއިން މިހާތަނަށް 60,516 އެޕްލިކޭޝަނަކަށް ވަނީ ފައިސާ ޖަމާކޮށްފައެވެ.

އިންކަމް ސަޕޯޓު އެލަވަންސް ގިނަ ބަޔަކަށް ދެވޭ ގޮތަށް އެ އެލަވަންސް ދިނުމާއި ގުޅޭ އުސޫލަށް ދާދިފަހުން ވަނީ ބަދަލުވެސް ގެނެސްފައެވެ. މި ބަދަލުގައި ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން، 1 ޑިސެންބަރު 2019 ގެ ފަހުން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވަންސްއަށް އެދި ހުށައެޅޭނެކަމަށެވެ. މީގެކުރިން އިންކަމް ސަޕޯޓު އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ މިދިޔަ މާރޗުމަހުގެ އެއްވަނަ ދުވަހުގެ ފަހުން، މުސާރައަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށެވެ. ސަރުކާރުންވަނީ އިންކަމް ސަޕޯޓް އެލަވަންސް މިއަހަރުގެ ނިޔަލަށް ދޭން ނިންމަވާފައެވެ.

ކޮވިޑް-19 ގެ ގެއްލުމުގެ ސަބަބުން ވިޔަފާރިތަކުންވަނީ ފުޅާ ދާއިރާއެއްގައި މީހުން ވަޒީފާއިން ވަކިކޮށް މުސާރަ ކުޑަކޮށްފަ އެވެ. މިކަމުގެ ސަބަބުން އެތަކެއް ރައްޔިތުންގެ އާންމު ދިރިއުޅުމަށް ވަނީ އަސަރުކޮށްފަ އެވެ.

އެގޮތުން އިންކަމް ސަޕޯޓް އެލެވެންސްގެ ގޮތުގައި އެ ފަރާތްތަކަށް 5،000 ރުފިޔާއާއި ހަމަޔަށް މާލީ އެހީތެރިކަން ސަރުކާރުން ދަނީ ފޯރުކޮށްދެމުންނެވެ. މި އެލަވަންސަށް ކުރިމަތިލައްވާ ފަތާތްތަކުން 01 ޑިސެމްބަރ 2019 އާ ހަމަޔަށް ވަޒީފާއެއްގައި މަސައްކަތްކޮށްފައިވާ މީހެއްކަމުގައި ޝަރުތުހަމަވާން ޖެހެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ