ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ވެންޑިން މެޝިންސް!

އޯކްލެންޑް އިންޓަނޭޝަނަލް އެއާޕޯޓުގެ ވެންޑިން މެޝިންސް ތަކުން ކޮވިޑް-19 އަށް ޓެސްޓްކުރެވޭނެ ކިޓް ލިބޭގޮތަށް ހަމަޖައްސައިފިއެވެ.

އެއާއެކު އޯކްލެންޑް ވެގެންގޮސްފައިވަނީ ކޮވިޑް-19 އަށް ޓެސްޓްކުރެވޭނެ ކިޓްސް ވެންޑިން މެޝިންތަކުން ވިއްކާ އެމެރިކާގެ ފުރަތަމަ އެއާޕޯޓަށެވެ.

އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި، މި ނިޒާމު ބޮޑަށް އަމާޒުކޮށްފައިވަނީ، އޯކްލެންޑަށް އެނބުރި އަންނަ ދަތުރުވެރިންނަށެވެ.

އެގޮތުން މި ވެންޑިން މެޝިންތަކުން ޓެސްޓު ކިޓް ވިއްކާއިރު، ދަތުރު ކުރާ މީހުން މި ޓެސްޓް ކިޓް ގަތުމަށްފަހު، ކުޅުގެ ސާމްޕަލްއެއް މެއިލް އިން ފޮނުވަން ޖެހެއެވެ. އަދި ސާމްޕަލްގެ ނަތީޖާ ފޯނުގެ އެޕްލިކޭޝަން އަކަށް، ސާމްޕަލް ފޮނުވާތާ 48 ގަޑިއިރުގެ ތެރޭގައި ލިބޭނެ ކަމަށް ވެއެވެ.

އެމެރިކާގެ ހުރިހާ އެއާޕޯޓެއްގައި، ދަތުރު ކުރުމަށް ނެގެޓިވް ކޮވިޑް ޓެސްޓުގެ ނަތީޖާ ހުށައެޅުން މިހާރު އޮންނަނީ މަޖުބޫރު ކޮށްފައެވެ

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ