ހުޅުމީދޫ ސިއްހީ މަރުކަޒު | ފޮޓޯ: އިބްރާހީމް ޒުހުރީ

ހުޅުމީދޫއިން އިތުރު 10 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫސިޓީ ހުޅުމީދޫ އެމްޓީސީސީ ސައިޓުން އިތުރު 10 ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އައްޑޫސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ހުޅުމީދޫ އެމްޓީސީސީ ސައިޓުން ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން އިތުރު 10 ސާމްޕަލެއް ވަނީ ޕޮޒިޓިވުވެފައި ކަމަށާއި އެއާއެކު ހުޅުމީދޫ އިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 18 އަށް އަރާފައިވާ ކަމަށެވެ.

ހުޅުމީދޫ އެމްޓީސީސީ ސައިޓުން ސާމްޕަލްތައް ނަގަން ފެށީ، އެ ސައިޓުގައި މަސައްކަތް ކުރަމުންދިޔަ ހަތަރު ބިދޭސީއަކު އިއްޔެ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެ ރަށް މިހާރު މޮނިޓަރިންނަށްވަނީ ލައިފައެވެ.

ހުޅުމީދޫ މޮނިޓަރިންގެ ޙާލަތަށް ގެނެސްފައިވަނީ ސ.ހުޅުދޫއަށް ފުރަބަންދު ކަރަންޓީީނަށް ދިޔަ 2 މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. އެޗްއީއޯސީން ވިދާޅުވީ، އެ ދެމީހުން ޕޮޒިޓިވްވި ނަމަވެސް އޭރު އެނގިފައިވަނީ އެއްވެސް އިތުރު ކޮންޓެކްޓެއް ނެތް ކަމަށެވެ. ނަމަވެސް ފަހުން އިތުރު ބަޔަކު ޕޮޒިޓިވްވެފައިވާކަން އެނގުނީ އެމީހުން ތިބި ސައިޓުގައި ތިބި ބައެއްގެ ފުށުން އަލާމާތް ފެނުމާއި ގުޅިގެން ޓެސްޓު ކުރުމުން ކަމަށެވެ.

އައްޑޫސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) މިރޭ ވިދާޅުވީ ހުޅުމީދޫގައި ބަލި ފެތުރިފައި އޮތްތޯ ބެލުމުގެ ގޮތުން މާދަމާ ރެންޑޮމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ