ޙަލާލު ޙަރާމް ކަނޑަ އެޅުން އެއީ މެމްބަރަކަށް ވީނަމަވެސް ލިބިގެންވާ ބާރެއް ނޫންކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
ޙަލާލު ޙަރާމް ކަނޑަ އެޅުން އެއީ @mvpeoplesmajlis މެމްބަރަކަށް ވީނަމަވެސް ލިބިގެންވާ ބާރެއް ނޫން. އެކަން ކަނޑަ އަޅުއްވާނީ ﷲ އާއި ރަސޫލާ ﷺ. ވީމާ ސައިޒް އޮޅިވަޑައިގެން ނޫޅުއްވުމަށް ޢިއްޒަތްތެރި މެމްބަރުންނަށް ނަޞޭޙަތްތެރިވަން.
— Dr.Mohamed Iyaz (@dr_iyaz) February 8, 2021
ޑރ. އިޔާޒް އިތުރަށް ވިދާޅުވީ، ހަގީގީ ހިތްހަމަޖެހުން ލިބޭނީ ﷲ ހަދުމަކޮށްގެން ކަމަށާއި، ޝައިތާނާގެ މަގަށް ގެއްލިގެން ލިބޭނީ ކެހިކަމަށްވެސް ޑރ. އިޔާޒު ވިދާޅުވިއެވެ. އެހެންކަމުން ވަގުތު ފާއިތުވުމުގެ ކުރިން ވިސްނާ ފިކުރުކުރުމަށްވެސް ޑރ.އިޔާޒް ވަނީ ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.




ހިޔާލު
ޢިޔާޒޫ…..އެކަމާ މެދު ދީނުގައި އޮތް ގޮތް ވިދާޅުވޭ.ހައްގު ބަސް…..!